Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ޔާމީންނަށް ކުރި ހުކުމުގެ ސަމާލުކަން ބޭރުގެ މީޑިއާތަކަށް

ރައީސް ޔާމީންނަށް ކުރި ހުކުމުގެ ސަމާލުކަން ބޭރުގެ މީޑިއާތަކަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ސަމާލުކަން ބޭރުގެ މީޑިއާތަކުގެ ސުރުޚީން ޖާގަ ހޯދައިފިއެވެ.

އާއްމުކޮށް ރާއްޖެގައި ހިނގާ ބޮޑެތި ކަންކަން ބޭރުގެ މީޑިއާތަކުން ކަވަރު ކުރެއެވެ. އޭގެ އިތުރުން ބޭރުގެ ބައެއް ނޫސްވެރިންގެ ސަމާލުކަން ވެސް ވަނީ ލިބިފައެވެ.

https://twitter.com/willjordan/status/1607128071735283723?s=46&t=YHrmgisFAnjozXcCsga5wg

Advertisement
HDC — Sidebar (box)

އިއްޔެ ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ހުކުމުގެ ވާހަކަ ރޮއިޓާސްގެ އިތުރުން އޭޕީ ނިއުސް އިން ވަނީ ގެނެސްދީފައެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އިއްވި ހުކުމުގައި ވަނީ ރައީސް ޔާމީންގެ ލޯންޑަރިންގެ ކުށް ސާބިތުވެ ހަތް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ 4 އަހަރުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ.

މިއާއެކު މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އިއްވި ޖަލު އަދަބާއެކު ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ޖޫރިމަނާ ކުރި 5 މިލިއަން ޑޮލަރު ހަ މަސް ދުވަސް ތެރޭ މަރުކަޒީ ބޭންކް އެމްއެމްއޭއަށް ދެއްކުމަށް ވެސް ޔާމީންގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.

ޔާމީންގެ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަމުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ރިޝްވަރު ދިނުމުގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އަބްދުﷲ ޔާމީންގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ކޯޓުގެ ހުކުމުގައިވަނީ އާރަށް މައްސަލާގައި ރިޝްވަތު ހޯދަން ޔާމީން މަސައްކަތް ކުރެއްވިކަން ސާބިތުވެފައި ވާއިރު، އޭގެފަހުން ޔޫސުފް ނައީމްގެ ފަރާތުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމުން އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު ވެސް އެނގޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް