އަނބިމީހާ ބޭވަފާތެރިވާނަމަ، ފެނިދާނެ ތިން ކަމެއް

ތިބާގެ އަނބިމީހާ، ތިބާއަށް ބޭވަފާތެރިވާ ކަމަށް ޝައްކު ކުރެވެނީ ހެއްޔެވެ؟
އަނބިމީހާ "ޗީޓް" ކުރާ ކަަމަށް ޝައްކު ކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ބޭވަފާތެރިންގެ ފަރާތުން ފެނިދާނެ ކަންކަން އޭނާގެ ކިބައިން ފެންނަނީ ހެއްޔެވެ؟ ތިބާ ގުޅީމައި ފޯނަށް ޖަވާބު ނުދެނީ ހެއްޔެވެ؟ ނޫނީ ތިބާއަށް އޭނާގެ ފޯނު ފޮރުވަނީ ހެއްޔެވެ؟
ހުރިހައި ގޮތަކުންވެސް އެންމެ ފުރިހަމަ ޙަޔާތުގެ ބައިވެރިޔަކު ހޯދުމަކީ ވަަރަށް އުނދަގޫ ކަމެކެވެ. ތިބާގެ އަނބިމީހާ ތިބާއަށް ބޭވަފާތެރިވާނަމަ، އެއީ ވަރަށްވެސް ހިތާމަވެރި ކަމެެކެވެ. މި ލިޔުމުގައި މި ހިމަނައިލަނީ، އަނބިމީހާ ބޭވަފާތެރިވާ ކަމަށް ޝައްކު ކުރެވޭނަމަ، ބަލަންވީ ބައެއް ކަންކަމެވެ.
<strong>މާގިނައިން ނަލަ ހެދިގެން ބޭރަށް ދިޔުން-</strong> ތިބާގެ އަނބިމީހާ ބޭވަފާތެރިވާނަމަ، ނުވަތަ އެހެން ފިރިހެނަކާ ގުުޅުމެއް ބާއްވާނަމަ، އެކަން އެންމެ އަަވަހަށް އެނގުން ގާތީ، އޭނާގެ ރައްޓެހިންނަށެވެ. އެހެންކަމުން، އަނބިމީހާ ގިނަ ގިނައިން ނަލަހެދި، ރައްޓެެހިންނާއެކު އަބަދު ބޭރުގައި އުޅޭނަމަ، މިއީ ތިބާއަށް ބޭވަފާތެރިވަމުންދާކަމުގެ ނިޝާނަކަށްވެސް ވެދާނެއެވެ.
<strong>ފޯނުގައި އަތްލާން ނުރުހުން-</strong> ކައިވެނީގެ ކުރިން، އޭނާގެ ފޯނު ތިބާއަށް ދިން ނަމަވެސް، ކުއްލިއަކަށް އެކަން ބަދަލުވެ، ފޯނު ނުދެއްކުމަކީ ރަތް ސިގްނަލެެކެވެ. ތިބާ، އަނބިމީހާގެ ފޯނުގައި އަތްލުމުން، އޭނާ އެކަމާ ހިތްހަމަނުޖެހޭ ނަމަ، އެކަމުން ދަލީލު ކޮށްދެނީ، އޭނާ ތިބާއަށް ކަމެއް ފޮރުވަން ބޭނުންވާ ކަމެވެ. ފޯނުގައިވާ އެއްޗެެއް ސިއްރު ކުރުމަކީ ބޭވަފާތެރިންގެ ސިފައެކެވެ.
<strong>ދެމަފިރިކަމުގެ ގުޅުން ހީނަރުުުވުން-</strong> މިއީ ދެމަފިރިންގެ މެދުގައި މައްސަލައެއް އުޅޭނަމަ، އެކަން އެންމެ ބޮޑަށް ދައްކައިދޭނެ ކަންތަކެވެ. ތިބާގެ އަނބިމީހާ، ތިބާއާ ދޭތެރޭގައި ހިތްހަމަނުޖެހޭނަމަ، ނުވަތަ އެހެންމީހަކާ ގުޅުން ބާއްވާނަމަ، ޖިސްމާނީ ގޮތުން ތިބާއާއެކުގައި ބާއްވާ ގުޅުމަށް ހީނަރުކަން އަންނާނެއެވެ. ތިބާއާ ގާތް ނުވުމަށް އެތައް ބަހަނާއެއް ދައްކާނެއެވެ. މިކަން އެންމެ ބޮޑަށް ޔަގީން ކުރެވޭނީ، ކުއްލިއަކަށް އަނބިމީހާ، ތިބާއާ ކައިރިވާން ބޭނުން ނުވާ ކަމަށް ވާނަމައެވެ.
މި ބަޔާން ކުރި ކަންކަން، ތިބާގެ އަނބިމީހާގެ ފަރާތުން ފެނުމަކީ "ޗީޓް" ކުރާކަން ކަށަވަރު ކޮށްދޭނެ ކަމެއް ނޫނެވެ. އެކަން ހަނދާން ބަަހައްޓައްޗެވެ. މިއީ ހަމައެކަނި ބެލެވޭ ކަންކަމެވެ.



.jpeg?prefix=media)



ކޮމެންޓް