Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނަޝީދުގެ މަލާމާތް ޞާލިޙަށް: "ދަރަނި، ދަރަނި، ދަރަނި" ކޮންމެ ހަފްތާއަކު ވިދާޅުވަން، އެކަމަކު ދަރަނި ދައްކަން އިތުރަށް ނެގީ ދަރަނި 

ނަޝީދުގެ މަލާމާތް ޞާލިޙަށް: "ދަރަނި، ދަރަނި، ދަރަނި" ކޮންމެ ހަފްތާއަކު ވިދާޅުވަން، އެކަމަކު ދަރަނި ދައްކަން އިތުރަށް ނެގީ ދަރަނި 
އެމްޑީޕީގެ ސިޔާސަތަކީ ދަރަނި ރީ-ސްޓްރަކްޗަރކޮށް ރާއްޖޭގެ ދަރަނި މަދުކުރުން ކަމުގައި ވިޔަސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މިއަދު ފެންނަމުންދަނީ ދަރަނި އަދާކުރަން، އިތުރު ދަރަނި ނަގަމުންދާ މަންޒަރު ކަމަށް އެމްޑީޕީގެ. ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދުގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން "ފިކުރެއްގެ ދިރުން" މިނަމުގައި ސަލްޓަން ޕާކުގައި ކުރިޔަށް ގެންދިޔަ ކެންޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ރައީސް ޞާލިޙުގެ ގިނަ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީގެ ގިނަ ބަޔަކު ރައީސް ޞާލިޙާ ދުރުވި ކިތަންމެ ސަބަބެއް އެބަހުރި ކަމަށް ވިދާޅުވެ، ބައެއް ސަބަބުތައް ވަނީ ތިލަކޮށްދެއްވައިފައެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެންމެ ބޮޑަށް ފާޑު ވިދާޅުވީ، ރައީސް ޞާލިޙުގެ ސަރުކާރުން ދަރަނި މެނޭޖް ކުރާ ގޮތަށެވެ. އެމަނިކުފާނު ވިދާޅުވީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައުލަތުން އޮތީ ކުރު މުއްދަތެއްގައި ދެއްކުމަށް ގިނަ ލޯނުތަކެއް ނަގާފައި ކަމަށާއި، 2018 ވަނަ އަހަރު ވެރިކަމަށް އަންނަ ބަޔަކު އެކަށީގެންވާ ތަރައްޤީގެ މަޝްރޫއު ހިންގަމުން ދަރަނި އަދާކުރަން ގޮތްތަކެއް ހޯދަން ޖެހޭކަން މާ ކުރިން ވެސް އެނގޭ ކަމަށެވެ. "އެމްޑީޕީ މެނިފެސްޓޯގައި އެހެންވެ ބަޔާންކުރީ، ރާއްޖެއަށް ދަރަންޏަށް ފައިސާ ދީފައިވާ ފަރާތްތަކާއި ބައިނަލް އަޤްވާމީ މާލީ އިދާރާތަކާއި އެކުގައި ދަރަނި އަލުން އަނބުރާ އެކުލަވާލެވޭނޭ. މިއީ އުނދަގޫ ވާހަކައެއް ނޫން" ރައީސް ނަޝީދު ވިދާޅުވިއެވެ. ވަރަށް ތިލަކޮށް މި ވާހަކަފުޅު ކުރިއަށް ގެންވަމުން ރައީސް ނަޝީދު ވިދާޅުވީ، މީހަކު ބޭންކަކުން ލޯނެއް ނަގާފައި، އެ ލޯނު ދެއްކެން ނެތުމުން ކުރާނެ ބުއްދިވެރި ކަމަކީ އެހެން މީހެއް އަތުން އިތުރު ލޯނެއް ނެގުން ނޫން ކަމަށާއި ބޭންކަަށް ގުޅައި ދަރަނި ދައްކަން ޖެހޭ މުއްދަތު ނުވަތަ ދައްކަން ޖެހޭ ވަރު ކުޑަކުރުންފަދަ ކަމެއްކަމަށެވެ. އަދި ސަރުކާރުން ވެސް މިއަދު ކުރަން ޖެހޭނީ ދަރަނި ރީސްޓްރަކްޗަރ ކުރުން ކަމަށާއި ނަމަވެސް އެމަންޒަރު ފެންނަމުން ނުދާ ކަމަށް ވިދާޅުވިއެވެ.
"ދަރަނި އަނބުރާ ދައްކަން އަނެއްކާ ވެސް ދަރަނި ނެގީ. އޭގެ މައްޗަށް ކޮވިޑް-19ގެ ދަރަނި އައީ. މިހާރު އަޅުގަނޑުމެން މިތިބީ ވަރަށް ދަތި ހާލުގައި" ރައީސް ނަޝީދު ވިދާޅުވިއެވެ.
"2019އިން ފެށިގެން ހަފްތާއެއް ނުދާނެ އަޅުގަނޑު ނުދަންނަވާ. ރައީސް އޭ، ދަރަނި، ދަރަނި، ދަރަނި"

"2023ވަނަ އަހަރަކީ އެމްޑީޕީގެ އިންތިޚާބުގެ އަހަރު. އެމްޑީޕީގެ އިންތިޚާބުގެ އަހަރު. މިއަހަރު ޓެކްސް ބޮޑުކޮށް، މިއަހަރު ދައުލަތުގެ ޚަރަދު ކުޑަކުރާން ޖެހި ދަތީގެ ތެރެއަށް ރައްޔިތުން ފުރޮޅިގެން މިދަނީ. މިއީ ސަރުކާރާ އެއްބަސް ނުވެވުނު ސަބަބު" އެ މަނިކުފާނު ވަނީ ވެރިކަމަށް ވަޑައިގެންފި ނަމަ ޓެކްސް ކުޑަކޮށް، ތަކެތީގެ އަގާއި އިންފްލޭޝަން ދަށްކުރާނެ ކަމަށް މިރޭ ވައުދުވެވަޑައިގެންފައެވެ.

"ތި ބޭފުޅުންގެ ދަތިތަކަށް ޝިފާއެއް ގެނެސްދޭނަން،"

ނަޝީދުގެ ވާހަކަފުޅުގައި ޒީރޯ ކޮރަޕްޝަންގެ ސިޔާސަތުތައް ތަންފީސް ނުވުމާއި މަކަރާއި ހީލަތްތައް ސަރުކާރުގެ ތެރޭގައި ގިނަ ކަމަށް ވިދާޅުވެ، ވަނީ ފާޑު ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ބައެއް އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކަށް ވެސް ފާޑު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް