ޚަބަރު

މާރިޔާގެ ސުވާލެއް ނަޝީދަށް:ސަރުކާރާ ދެކޮޅުވަނީ ކޮންކަމެއް ނުވެގެންތޯ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިރޭގެ ޖަލްސާގައި މާރިޔާ ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ/ އަަވަސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ، އެ ޕާޓީގެ ރަޢީސް، ރައީސް މުޙައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަނީ ކޮން ކަމެއް ނުވެގެންތޯ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސުވާލު ކުރައްވައިފިއެވެ.

Ads by STELCO

ރައީސް ނަޝީދު ވަނީ ރޭ ބޭއްވި ކެންޕެއިން ޖަލްސާއެއްގައި ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"އިބޫ2023"ގެ ނަމުގައި މިރޭ ރައީސް ޞާލިޙަށް ތާއީދު ކުރައްވާ ޓީމުން ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ޕާޓީގެ ރައީސްގެ މަގާމާއި މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ނަޝީދު މި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާތީ މީހުން ސުވާލުކުރާ ކަމަށެވެ.

"ކޯއްޗެއްތޯ އެމަނިކުފާނަށް މަދުވެގެން ނިކުމެ ވަޑައިގެން ހިނގަމުންދާ ސަރުކާރަކާ އެހާ ބޮޑަށް ހިތްޕުޅާ ހަމަނުޖެހިގެން އެ ވާހަކަ ދެކެވެނީ." މާރިޔާ ވިދާޅުވީ މިއީ މާލޭ މީހުން އެކަމަނާ ގާތުގައި އަހާ ވާހަކައެއް ކަމަށެވެ. އަދި ރައީސް ނަޝީދު ފާޑު ވިދާޅުވި ބައެއް ކަންކަމަށް ރައްދު ދެއްވިއެވެ.

"ޙަޤީޤަތުގައި މި ޕާޓީއަކީ އެއްވެސް އިރެއްގައި ރިއެކްޓް ކުރާ ޕާޓިއެއް ނޫން ކަމަށް އަޅުގަނޑަަށް އެނގިފައި އޮތީ. އަޅުުގަނޑުމެންނަކީ ޕްރޯ-އެކްޓް ކުރާ ޕާޓީއެއް. އަޅުގަނޑުމެން އަބަދުވެސް ދައްކަނީ ހަކުޅި ކުރިޔަށް ކުޅޭ ވާހަކަ"

މާރިޔާ ވިދާޅުވީ މި ސަރުކާރު ނެތްނަމަ އަނެއްކާވެސް ޖެހޭނީ ކުރީގެ ސަރުކާރުގައި ވެސް ކަން ހުރި ގޮތަށް ނަޝީދު މިނިވަން ކުރަން އެމްޑީޕީން މަގުމަތީ ހަރަކާތްތަކުގައި އުޅެން ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ޗޮއިސްއަކީ ރައީސް ޞާލިޙް ކަމަށް ވިދާޅުވިއެވެ.

"ދިވެހި ރާއްޖޭގެ ރައްޔިތުން އަދި އެތިބީ އެއް ޕާޓީއަކަށް ވެރިކަން ދޭ ގޮތަކަށް ނޫން. ކިތަންމެ އިންތިޚާބެއް ހިނގެއްޖެ ފުލުފުލުން. ކޮންމެ އިންތިޚާބެއްގައި ފެންނަނީ ކިތަންމެ ކުޑަ މެޖޯރިޓީއެއްވެސް އެއް ޕާޓީއަކަށް ނުލިބޭތަން. އަޅުގަނޑުމެން މިއަދު ޤަބޫލު ކުރަން ޖެހޭ ޙަޤީޤަތަކީ ވޯޓްލާ މީހުންގެ 50 ޕަސެންޓް ޕްލަސް އެއް މީހެއްގެ ވޯޓް ނުލިބެއްޖިއްޔާ ސަރުކާރަކަށް ނާދެވޭނެކަން. އެންމެ މީހަކު ގެއްލިގެން ދިޔަޔަސް އަޅުގަނޑުމެންނަށް ނާދެވޭނެކަން." މާރިޔާ ވިދާޅުވީ، ރާއްޖޭގައި އެމްޑީޕީ ސަރުކާރެއް ގެނެވޭނީ ރައީސް ޞާލިޙަށް ކަމަށެވެ.

"އެންމެ ގިނަ ބަޔަކާއެކީގައި، މި ހަތަރު އަހަރު ވެގެން ދިޔައިރު ވެސް ކެތްތެރިކަމާއެކީގައި، ފާޑު ކިޔުންތަކާއެކީގައި ވެސް މި ހިސާބަށް ސަރުކާރު ގެނަވުނު މީހަކީ ރައީސް ޞާލިޙް"

  1. އިއްބެ

    އޭނާއަވަހަށްއަމިއްލަގރއަށްފޮނުވާ ފިތުނައުފައްދާމީހަކުރައްޔިތުންގެފައިސާޚަރަދުކޮށްގެންބަލަހައްޓާކަށްނުޖެހޭނެ

  2. ވިސްނާ

    ގ.ކެނެރީގެ މުޙައްމަދު ނަޝީދު ދެކޮޅުރަންގިރިތީކޮށް މެދުކަތުރާނިން އަތްކަންކުޅަޔަސް އޭނާ ރަނގަޅެއް ނުވާނެ!