Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައީސް ޞާލިޙްގެ މޭގައި ބަޑި ޖެއްސިޔަސް އިސްތިއުފާއެއް ނުދެއްވާނެ: ޑރ. ދީދީ

ރައީސް ޞާލިޙްގެ މޭގައި ބަޑި ޖެއްސިޔަސް އިސްތިއުފާއެއް ނުދެއްވާނެ: ޑރ. ދީދީ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މޭފުޅުގައި ބަޑި ޖެއްސިޔަސް އިސްތިއުފާއެއް ނުދެއްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރު ކަން ކުރެއްވި ދީދީ މިހެން ވިދާޅުވެފައިވަނީ، ރައީސް ޞާލިޙްގެ ރިޔާސީ ކެންޕެއިން ހަރުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

"މިއަދު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންގެ ތެރެއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިޚްތިޔާރު ކުރި ވަރަށް ގިނަ ސަބަބު އެބަހުރި. ލިސްޓް ވަރަށް ދިގު." ޑރ. ދީދީ ވިދާޅުވީ، ރައީސް ޞާލީހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހޮވަންވީ، އެމަނިކުފާނަކީ މޭގައި ބަޑި ޖެއްސިޔަސް އިސްތިއުފާ ދެއްވާނެ ބޭފުޅެއް ނޫން ކަމަށްވާތީ ކަމަށެވެ.

Advertisement
Allied — Dhen Online (box)

"ރައީސް އިބޫ ޞާލިޙް ހަމަގައިމު ވެސް ބޮލުގައި ބަޑި ކީއްކުރަންތޯ، މޭގައި ބަޑިޖެއްސިޔަސް އިސްތިއުފާއެއް ނުދެއްވާނެ."

ޑރ. ދީދީ އިޝާރާތް އެކުރައްވަނީ މި އިންތިޚާބުގައި ދެން ވާދަކުރައްވާ، ކުރީގެ ރައީސް ނަޝީދަށެވެ. ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ، އެކަން ކުރެއްވީ ބޮލުގައި ބަޑި ޖެއްސުމުން ކަމަށެވެ.

އިތުރު ސަބަބުތައް ވިދާޅުވަމުން ދީދީ ވިދާޅުވީ، ރައީސް ޞާލިޙް އެއްވެސް މީހަކަށް ދެރަގޮތެއް ގަސްދުގައި ނުހައްދަވާނެ ކަމަށެވެ.

"ހަމަގައިމު ވެސް ރައީސް އިބޫ ޞާލިޙް ޕާޓީގެ އިސް ލީޑަރުގެ ހައިސިއްޔަތުން ޕާޓީގެ ލީޑަރޝިޕްގެ އަދި މެންބަރަކާ ދޭތެރޭގައި ވެސް އިހާނެތިކޮށް ހިއްތަވާފައެއް ނެތް. އެ ތަފާތު އެބަފެނޭ" ނަމަވެސް ރައީސް ނަޝީދުގެ ޒައާމަތުގައި ކަން ހިނގައިދިޔަ ގޮތާމެދު ވާހަކަފުޅު ދައްކަވަން ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް