Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް ޔާމީންގެ ވެރިކަމުގައި ތަހައްމަލުކުރަން ޖެހުނު ދަތިތައް ހަނދާން ނެތިގެން ނުދާނެ: ތަސްމީން

ރައީސް ޔާމީންގެ ވެރިކަމުގައި ތަހައްމަލުކުރަން ޖެހުނު ދަތިތައް ހަނދާން ނެތިގެން ނުދާނެ: ތަސްމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަހައްމަލުކުރަން ޖެހުނު ދަތިތައް ދުވަހަކުވެސް ހަނދާން ނެތިގެން ނުދާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ތަސްނީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ތަހައްމަލުކުރި ކަންކަން އަލުން އިއާދަވިޔަ ނުދިނުމަށް ކުރެވޭނީ ކޮން ކަމެއްތޯ ބަލަން ޖެހޭ ކަމަށެވެ.

“އެ ގޮތް ވަރަށް ސާފު. އަޅުގަނޑުމެންނަށް ކާމިޔާބު ވާނޭ ގޮތެއްގެ މަތިން އަޅުގަނޑުމެން އިހްތިޔާރުކުރުން”

Advertisement
Allied — Dhen Online (box)

ތަސްމީން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ސަބަބުން އެންމެ ބޮޑު އަނިޔާއެއް ލިބިގެން ދިޔައީ އާންމު މެމްބަރުންނަަށް ކަމަށެވެ. މީގެ އިތުރުން އެކްޓިވިސްޓުންނާއި އެމީހުންގެ އާއިލާތަކަށް ވަރަށް ބޮޑު އަނިޔާއެއް ލިބިގެންދިޔަ ކަމަށް ތަސްމީން ވިދާޅުވިއެވެ.

“އަޅުގަނޑުމެން ވިސްނުމުގަ ބަހައްޓަންވީ ކަމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ކިރިމަތިވި އަނިޔާއާ، އޭގެ ސަބަބުން ދިމާވި ނިކަމެތިކަމާ ލިބުނު ބޮޑު ގެއްލުން ތަހައްމަލު ކުރަން ޖެހުނީ އަޅުގަނޑުމެންނަކަށް ނޫނޭ” ތަސްމީން ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ކަންތައްތައް ހަނދާނުން ފޮހެވިގެން ނުދާނެ ކަމަށާއި ބޭއިންސާފުން ހިންގި ކަންތައްތައް މިއަދު ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.

އަދި ދައުލަތުން އެންމެންނަށް ފޯރުކޮށްދޭން ޖެހޭ އެކިއެކި ހިދުމަތްތަކާ ހައްގުތަކުން މެންބަރުން މަހްރޫމްކޮށް މެންބަރުންނާއި އާއިލާތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނުކަން އެންމެންނަށްވެސް އެނގޭނެ ކަމަށް ތަސްމީން ވިދާޅުވިއެވެ.

ރޭ އެމްޑީޕީގެ ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ތަސްމީނުގެ އިތުރުން ރައީސް ޞާލިޙަށް ތާއީދު ކުރައްވާ ބައެއް މެންބަރުންނާއި މިނިސްޓަރުން ވާހަކަފުޅު ދެއްކެވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް