Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ނިކުމެ މިހުރީ ރައީސްކަން ކުރަން ބޭނުންވާތީއެއް ނޫން، ޕާޓީއަށް 5 ޕަސެންޓް ލިބޭން ބޭނުން ނުވާތީ: ރައީސް ނަޝީދު

ނިކުމެ މިހުރީ ރައީސްކަން ކުރަން ބޭނުންވާތީއެއް ނޫން، ޕާޓީއަށް 5 ޕަސެންޓް ލިބޭން ބޭނުން ނުވާތީ: ރައީސް ނަޝީދު

އަންނަ މަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތި ލެއްވީ، ރައީސްކަން ކޮންމެހެން ބޭނުންވެގެން ނޫން ކަމަށާއި އެކަން ކުރީ ޕާޓީގެ މަޤްބޫލުކަން ހިފެހެއްޓުމަށާއި ޕާޓީ ވެރިކަމަށް ގެނައުމަަށްޓަކައި ކަމަށް، އެ ޕާޓީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕްރައިމަރީގެ ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ތާއީދު އިތުރު ކުރުމަށް މިހާރު އުތުރުގެ އަތޮޅުތަކަށް ރައީސް ނަޝީދު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވައިކަރަދުއަށް ވަޑައިގެން އެރަށުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙް ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާފައެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ، ރައީސް ނަޝީދާއި ރައީސް ޞާލިޙާ ދެމެދު ޖެހިގެން އުޅޭ މައްސަލައަކީ ރައީސް ނަޝީދަކީ ވެރިކަމުގައި ހުންނަވަން ބޭނުންފުޅުވާ ބޭފުޅަކަށް ވެފައި، މިވަގުތު ރައީސް ޞާލިޙް ވެރިކަމުގައި ހުންނެވުން ކަމަށެވެ.

Advertisement
Ooredoo — Square (box)

"އަޅުގަނޑު ނިކުމެ މިހުރީ ޙަޤީޤަތުގައި ކުރާނެ ކަމެއް ނެތިގެނެއް ވެސް ނޫން. އަދި އެހާ ބޮޑަށް ރައީސްކަން ކުރަން ބޭނުންވާތީ އެއްވެސް ނޫން. އެހެހްނަމަވެސް އަޅުގަނޑު ނޭދެން އަޅުގަނޑު ނޭދެން، އަޅުގަނޑުމެން ޕާޓީ 5%، ނޫނީ 10% ނޫނީ 15% ޕަސެންޓްގެ ޕާޓީއަކަށްވާން." ރައީސް ޞާލިޙްގެ ވާހަކަފުޅަށް ނުސީދާކޮށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޕާޓީގެ މެންބަރުންގެ ރުހުން ނުލިބި ރިޔާސީ އިންތިޚާބު ރައީސް ޞާލިޙަށް ކާމިޔާބު ނުވާނެ ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއަދު އެމްޑީޕީއާއި އެމްޑިޕީގެ މެންބަރުން މާބޮޑަށް ދުުރުކޮށްފައިވާ ކަމަށާއި ރައީސް ޞާލިޙްވަނީ ޕާޓީގެ ނަން ބޭނުންކޮށްގެން ޕާޓީ ބަދަލު ކުރައްވާފައި ކަމަެވެ.

"ރޮޒައިނާއާއި ތަސްމީނާއި ޝަރީފާ، ޑީއާރުޕީން މިތަނަށް ލާފައިތިބި މީހުން ވަށާލާފައި އެތިބީ" ރައީސް ޞާލިޙްގެ އަރިސް ބޭފުޅުންނަށް ޑީއާރުޕީން ވަޑައިގެންނެވި ބޭފުޅުން ތިއްބަވާތީ، އެއީ އަސްލު އެމްޑީޕީން ނޫން ކަމަށް ސިފަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އެ މީހުންނަށް އިތުބާރު ނުކުރައްވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް