Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ނަޝީދު އިސްލާމީ ވެރިކަމެއް ކުރައްވައިފާނެ ކަމަށް ޤަބޫލުކުރަން ދަތި

ނަޝީދު އިސްލާމީ ވެރިކަމެއް ކުރައްވައިފާނެ ކަމަށް ޤަބޫލުކުރަން ދަތި

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިޖެނަމަ، ރާއްޖޭގައި އިސްލާމީ ވެރިކަމެއް ޤާއިމު ކުރައްވާނެކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަކީ ޤަބޫލުކުރައްވަން ދަތި ވާހަކަަ އެއްކަމަށް ރައްޔިތުންގެ މަޖިލީހުހެ އައްޑޫ މަަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، ރާއްޖޭގައި އަނެއްކާވެސް އިސްލާމީ ވެރިކަމެއް ޤާއިމު ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ކެމްޕެއިން ހަރަކާތެއްގައި ވިދާޅުވުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރައްވަވާ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޝަރީފް ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ، ރައީސް ނަޝީދަކީ ރާއްޖެ ބަނގުރޫޓުވެދާނެކަމަށް ވިދާޅުވެ، ރައްޔިތުންގެ މެދުގައި އެކަމުގެ ބިރު ފަތުރުއްވަމުންދާ ސިޔާސީ ލީޑަރެއްކަމަށެވެ.

އެހެންނަމަވެސް އެކަމަކީ ހަޤީޤަތެއް ނޫންކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، ކޮވިޑަށް ފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން އިއާދަވުމާއި އެކު އިޤްތިޞާދުވެސް ހުރީ ރަނގަޅު މަގެއްގައިކަމަށެވެ.

Advertisement
Ooredoo — Square (box)
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް