Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ޓެކްސް ބޮޑު ކުރުމަކީ ރައްޔިތުންނަށް ދިން އައު އަހަރުގެ ހަދިޔާ

ޓެކްސް ބޮޑު ކުރުމަކީ ރައްޔިތުންނަށް ދިން އައު އަހަރުގެ ހަދިޔާ

ޓެކްސް ބޮޑު ކުރުމަކީ ސަރުކާރުން ރައްޔިތުންނަށް ދޭ އައު އަހަރުގެ ހަދިޔާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިފަދައިން ވިދާޅުވިއިރު، މިރޭ 12 ގަޑި ސުންމިނެޓުން ފެށިގެން ޓީޖީއެސްޓީއާ ޖީއެސްޓީވެސް ބޮޑުވާނެއެވެ.

ޓެކްސް ޤާނޫނަށް ގެނައި އިސްލާހާއި އެކު މުދަލާއި ހިދުމަތްތަކުން 8 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭނެއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/IbrahimShujaau/status/1609084791386943488

މީރާ އިން ވިދާޅުވެފައިވާ ގޮތުގައި 24 ގަޑިއިރު ވިޔަފާރީގެ ހިދުމަތްދޭ ތަންތަނުން މިރޭ 00:00 އިން ފެށިގެން ނަގަންވާނީ ބޮޑުކުރި ޓެކްސްއެވެ. އަދި އެހެން ތަންތަނުން އެ ޓެކްސް ނަގަން ފަށަންވާނީ މާދަމާގެ ވިޔަފާރިއަށް ހުޅުވައިލުމަށްފަހުގައެވެ.

ހަ މަސް ދުވަސް ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމުގެ ސަބަބުން ރައްޔިތުންނަށް މާ ބޮޑު ތަކުލީފެއް ނުވާނެ ކަމަށާއި، އެއީ ރައްޔިތުންނަށް ނުދެއްކޭނެ ވަރުގެ އެއްޗަކަށް ނުވާނެކަން ޔަޤީން ކުރައްވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް