Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލޭގެ އެކި ސަރަހައްދުތަކުން 110.8 ޓަނުގެ ކުނި ނަގައިފި

މާލޭގެ އެކި ސަރަހައްދުތަކުން 110.8 ޓަނުގެ ކުނި ނަގައިފި

މާލޭގެ އެކި ސަރަހައްދުތަކުން 110.8 ޓަނުގެ ކުނި ނަގައި ސާފުކޮށްފިއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން(ވެމްކޯ) އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ 25 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

ވެމްކޯއިން ވަނީ އާންމު ތަންތަނުން ކުނި ނެގުމުގެ މަސައްކަތް ހުއްޓައިލައިފައެވެ. މިހާރު މި މަސައްކަތާ ހަވާލުވެފައިވަނީ މާލޭ ސިޓީ ކައުންސިލުންނެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ އިރުއޮއްސި 18:00 އާއި ހަމައަށް، މާލޭގެ އެކި ސަރަހައްދުތަކުން 110.8 ޓަނުގެ ކުނި ނަގާ ސާފުކޮށްފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މާލެ ސިޓީ ކައުންސިލުން ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އައު ނުކުރުމަށް ނިންމީ އެ އެއްބަސްވުމުގެ ސަބަބުން ކައުންސިލުގެ ޚަރަދު އިތުރުވާތީއެވެ. އަދި ވެމްކޯގެ ޚިދުމަތާމެދު އާއްމުންގެ ޝަކުވާ ބޮޑު ކަމަށްވެސް އެ ކައުންސިލުން ވިދާޅުވިއެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް