Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނަޒާހަތްތެރި ނޫންކަމަށް ބުުނާނެ ޖާގައެއް ނެތް، ނަޝީދުގެ ކެންޕެއިން މެނޭޖަރުކަން ފުރަތަމަ ހުށަހެޅީ އަޅުގަނޑަށް: އިބްރޭ

ނަޒާހަތްތެރި ނޫންކަމަށް ބުުނާނެ ޖާގައެއް ނެތް، ނަޝީދުގެ ކެންޕެއިން މެނޭޖަރުކަން ފުރަތަމަ ހުށަހެޅީ އަޅުގަނޑަށް: އިބްރޭ

މި އަންނަ މަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝަކުވާތައް ބެލުމަށް އެކުލަވާލި ކޮމިޓީގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭނެ ޖާގައެއް ނެތް ކަމަށާއި ދެ ކެނޑިޑޭޓުން ވެސް އެ ކޮމިޓީގެ ރައީސް އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެއެވެ.

އިބްރޭ މިހެމް ވިދާޅުވީ، އެމްޑީޕީ ޕްރައިމަރީއަށް ހޮވި ފަސް މެންބަރުންގެ ކޮމިޓީން މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޓީގެ ނަޒާހާތްތެރި ކަމާއި ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަޖަށް ޖަވާބު ދެއްވަމުންނެވެ.

ޕްރައިމަރީގައި ވާދަ ކުރައްވާ ރައީސް ނަޝީދުގެ ޓީމުން ވަނީ ކޮމިޓީ ނެގުމަށް ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުން ވޯކްއައުޓް ކުރައްވާފައެވެ. އެއީ އެ ޓީމުން ހުށަހެޅި ގޮތަށް، ކޮމިޓީ އެކުލަވާލަން ޖާގަ ނުދިނުމުންނެވެ.

Advertisement
Allied Insurance — Square (box)

"އަޅުގަނޑުމެން ނިންމާ ކޮންމެ ކަމެއް މިދަނީ ވަރަށް ހާމަކޮށް ނިންމަމުން. އަޅުގަނޑުމެން ކޮމިޓީ ނެގުމުގައި އެއްވެސް ތަފާތެއް ނުކުރަން. މީގެ ކުރިންވެސް ކޮމިޓީ ނަގަމުންދާ ގޮތަށް ނަގަމުން މިގެންދަނީ. އެހެންނަމަވެސް ސިޔާސީ ޕާޓީއެއްވީމަ، ކޮންމެ ބޭފުޅަކު ވެސް ކޮންމެވެސް އެއް ބޭފުޅަކަށް ތާއީދު ކުރާނެ. އަޅުގަނޑުވެސް ކުރާނެ ދެން ތިބި މީހުން ވެސް ކުރާނެ، އެކަމަކު އަޅުގަނޑުމެން ކޮންމެ ވެސް މީހަކަށް ތާއީދު ކުރުމަކީ، މި ކޮމިޓީން ކުރަން ޖެހޭ މަސައްކަތް ވަކި ފަރާތަކަށް ޖެހުނީ ނޫން ކަންނޭނގެ" އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު، އިދާރީކަން ވެސް ކުރައްވަމުން އަންނަ އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

އިބުރޭ ވިދާޅުވީ، މި އިންތިޚާބުގައި ހުށަހެޅުނު ޝަކުވާތައް ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި އިންތިޚާބުގެ ސައްޙަކަން ކަށަވަރު ކުރަން އެ ކޮމިޓީން މަސައްކަތް ކުރާނެ ކަމަށެވެ.

އިބުރޭ ވިދާޅުވީ، ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތުގައި، 905 މީހަކާ ގުޅޭ ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި، އޭގެތެރޭގައި ނިޔާވެފަ ހުރި ބައެއް ފަރާތްތަކާއި ދާއިރާ ބަދަލުވެފައި ހުރި ފަރާތްތަކާ ގުޅޭ ޝަކުވާ ހިމެނޭ ކަމަށެވެ. އިންތިޚާބުގެ ދާއިމީ ލިސްޓް ނެރޭއިރު، މިފަރާތްތަކުގެ ޝަކުވާއަށް އެޓެންޑްވެ، ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށް އިބުރޭ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް