ކުރިމަތި ލާފައި މިހިރީ ފްލެޓް ދޮންބެ، ބޯހިޔާވެހިކަމަށް ހައްލު ގެނެސްދޭނަން: ރައީސް ނަޝީދު

އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ބޯ ހިޔާވެހިކަމުގެ މައްސަލައަށް ޙައްލު ގެނެސްދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެެ.
މިރޭ ބޮނޑިބަތް ޕާކުގައި، އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ ސަރުކާރުން ގެންގުޅެމުން އަންނަ ބޯހިޔާވެހިކަމުގެ ސިޔާސަތަށް ފާޑު ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އެންމެ މުހިންމު ކަމެއްދޭނީ ބޯހިޔާވެހިކަމުގެ ސިޔާސަތަށް ކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ ރައްޔިތުންގެ އާއްމު ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ބޯހިޔާވެހި ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައިދިނުން. އަޅުގަނޑު ރައްޔިތުންނަށް ތަކުރާރުކޮށް ދޭން ބޭނުންވާ ޔަޤީން ކަމަކީ، އިރާދަ ކުރެއްވިއްޔާ ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އިރާދަ ކުރެއްވިއްޔާ އެ މަސައްކަތް އަވަދިނެތި ކުރުމުގައި ދެމި ހުންނާނެ" ރައީސް ނަޝީދު ވިދާޅުވީ، މިކަމަކީ އެމަނިކުފާނަށް ކުރައްވަން އުދަނގޫ ކަމެއް ނޫން ކަމަށާއި އެކަމަށް އެކަނިކުފާނު ފަރިތަވާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ކުރިމަތިލާފައި މިފަހަރު ވެސް މިހުރީ ފްލެޓް ދޮންބެއޭ. އަޅުގަނޑަށް ކުރަން އިނގޭ، އަޅުގަނޑުމެންނަށް މި މަސައްކަތް ހިންގޭނެ، އެއީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން. އެ އިމާރާތްތައް ކުރެވި، އަދި ބިން ކަނޑާފައި ވެސް ދެވި، ޖާގަ ރައްޔިތުންނަށް ދެވެން ޖެހޭނެ."
ރައީސް ނަޝީދު ވިދާޅުވީ ބިން ތަނަވަސް ބޮޑެތި ރަށްރަށުގައި ވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ. އަަދި މިކަމަކީ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ޕާޓީއާ ދުރުވާން ޖެހުނު ސަބަބެއް ކަމަށް ވިދާޅުވިއެވެ. ތަނަވަސް ޖާގައިގައި ރީތި ދިރިއުޅުމެއް އުޅެވޭނެ ގޮތަކަށް އުޅެން ރައްޔިތުން ބޭނުންވާ ކަމަށާއި އެފަދަ ދިރިއުޅުމެއް ހޯއްދަވާދެއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވައުދުވެ ވަޑައިގެންނެވިއެވެ.



.jpeg?prefix=media)


ކޮމެންޓް