Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މޭޔަރު ބަންދުން ދޫކޮށްލައިފި

މޭޔަރު ބަންދުން ދޫކޮށްލައިފި

ރޭ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރު ކުރި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުޢިއްޒު ފުލުހުން ހައްޔަރުކޮށްފައިވަނީ ރައީސް ޔާމިން ދޫކޮށްލުމަށް ގޮވާލައި ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާގެ ތެރެއިންނެވެ. ނަމަވެސް ރޭގެ ވަގުތެއްގައި، މޭޔަރު ވަނީ ދޫކޮށްލައިފައެވެ. މިއީ މުޒާހަރާއެއްގެ ތެރެއިން މޭޔަރު ހައްޔަރުކުރި ފުރަތަމަ ފަހަރުކަން ފާހަަގަކޮށްލެެވެެއެވެ.

މޭޔަރު މުޢިއްޒު ހައްޔަރު ކުރުމުން ސިޓީ ކައުންސިލުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މުޢިއްޒު ހައްޔަރު ކުރުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް މާލޭގެެ ރައްޔިތުން އެމީހުންގެ މަންދޫބެއްގެ ގޮތުގައި ހޮވާފައިވާ މޭޔަރުގެ ބާރު ކަނޑުވާލުމާއި، އަޑު ކަނޑުވާލުމަށްޓަކާ ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް ކަމަށެވެ.

Advertisement
Ooredoo — Square (box)

އަދި މި ޢަމަލަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި އެއީ ޑިމޮކްރެޓިކް ވެއްޓެއްގައި ކަންވެގެން ދާންޖެހޭ ގޮތް ނޫންކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ފުލުހުން މޭޔަރު  ދޫކޮށްލާފައިމިވަނީ އޭނާ ހައްޔަރުކޮށްގެން އަތޮޅު ވެއްސަށް ގެންދިޔުމުން ސިޓީކައުންސިލުގެ ބައެއް މުވައްޒަފުން އަތޮޅުވެހި ކައިރިއަށް އެއްވެ މޭޔަރު ދޫކޮށްލުމަށް ގޮވާާލައި އަޑު އުފުލަމުން ދަނިކޮށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް