Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ޞާލިޙްގެ ކެމްޕޭންގެ ތަރުޖަމާނަކަށް މާރިޔާ

ރައީސް ޞާލިޙްގެ ކެމްޕޭންގެ ތަރުޖަމާނަކަށް މާރިޔާ

މި މަހު 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ކެމްޕޭންގެ ތަރުޖަމާނަކަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ހަމަޖައްސަވައިފިއެވެ.

މި ޕްރައިމަރީގައި ވާދަ ކުރައްވަނީ ރައީސް ޞާލިޙްގެ އިތުރުން، އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.

ރައީސް ޞާލިޙް ކެމްޕޭން ތަރުޖަމާނަށް މާރިޔާ ހަމަޖެއްސެވިއިރު 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙްގެ ތަރުޖަމާނަކީވެސް މާރިޔާއެވެ.

ރައީސް ޞާލިޙް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ކެމްޕޭން ޖަލްސާ މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް