ހިޔާ ފްލެޓް ސަރަޙައްދުގައި ހަމަނުޖެހުމެއް

ހިޔާ ފްލެޓް ސަރަޙައްދުގައި ހަމަނުޖެހުމެއް ހިންގައިފިއެވެ.
ހަމަނުޖެހުން ހިންގާފައިވަނީ ރައީސް ނަޝީދުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި އިވެންޓު ނިމުނުތާ އިރުކޮޅެއް ފަހުންނެވެ.

ހަމަނުޖެހުން ހިނގީ އެ ސަރަހައްދުގައި ރައީސް ނަޝީދާ ދެކޮޅަށް އިޙްތިޖާޖު ކުރަމުންދިޔަ އަންހެނެއް ގައިގައި ފިރިހެނަކު ގޮސް ޖެހުމުންނެވެ. ފުލުހުން ވަނީ އެެމީހާ އަތުލައިގެންފައެވެ. މި މަންޒަރު އެވަގުތު އިވެންޓް ކަވަރު ކުރަމުން ދިޔަ "ދެން"ގެ ނޫސްވެރިޔާއަށް ވަނީ ފެނިފައެވެ.