ޚަބަރު

އެމްޑީޕީ ފިކުރަކީ ވަކި މީހެއް ވަށާ އެނބުރޭ އެއްޗެއް ނޫން: މާރިޔާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރޭގެ ޖަލްސާގައި މާރިޔާ ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް

އެމްޑީޕީ އަކީ ވަކި މީހެއްގެ ވަށައިގެން އެނބުރެއް ފިކުރެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މާރިޔާ މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިޙްގެ "އެމްޑީޕީ ކުރިއަށް، އިބޫ 2023" ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މާރިޔާގެ ވާހަކަފުޅު ފެއްޓެވީ ރައީސް ރާއީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީ އޮތް ހާލަތުންނެވެ. މިގޮތުމް އެމްޑީޕީގެ މައި ހަރުގޭގައި ބޮނޑިބަތްކޮޅެއް ކާލަން އުޅުނަސް ފުލުހުން ފޮނުވައިގެން ބޮނޑިބަތްކޮޅު ވެސް ނަގައިގެން ގެންދާ ކަމަށާއި ސްޕީކަރުތައް ވެސް ގެންދާ ކަމަށް ވިދާޅުިވއެވެ.

އެހެންނަމަވެސް މިއަދު އެފަދަ ކަންކަން ނުހިނގާތީ ޑިމޮކްރަސީއަކީ އެތެރޭގެ އިންތިހާބެއްގައި ކޯޅިގަތުން ކަމަށާއި އަދި ތިމަންނާމެން ނޫން ބަޔަކު ޕާޓީގައި ތިބެގެން އަދި ވެރިކަން ވެސް ކުރަން ޖެހޭނީ ވަކި ބައެއް ކަމަށް ހީވާ ބަޔަކު އެމްޑީޕީގެ ތެރޭގައި އެބަތިބި ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީ ތެރޭގައި ބައެއް މީހުން އެބަ ހިތަށް އަރާ، މިހާރު މި އޮތީ މި ރާއްޖެއަށް ޑިމޮކްރެސީ އައިސްފައޭ، އެތެރޭގައި ކޯޅިގަންނަންވީއޭ، ތިމަންނަމެން ނޫން އެހެން ބަޔަކު މި ޕާޓީގައި ހުރެގެން ނުވާނެއޭ، ވެރިކަން ކުރަން ޖެހޭނީ ވެސް ވަކި ބައެކޭ، އެ ބައެއްގެ އަޑު އެއީއޭ އަޅުގަނޑުމެން އެންމެންގެ ދިރުމަކީ" އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙާ ވާދަ ކުރައްވާ ރައީސް ނަޝީދުގެ ޓީމަށް ފާޑު ވިދާޅުވަމުން މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެމްޑީޕީ ނިކުތީ 30 އަހަރު ދުވަހު އެކަކުގެ ވަށާލައި އެނބުރޭ ފިކުރުން ނުކުމެ، ކޮންމެ މީހަކަށް ވެސް ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހޯދައިދިނުމަށް ކަމަށެވެ. މާރިޔާ މިހެން ވިދާޅުވިއިރު، ރައީސް ޞާލިޙްގެ ވާދަވެރި ކެނޑިޑޭޓްގެ ކެންޕެއިން ޝިއާރަކީ 'ފިކުރެއްގެ ދިރުން'މިއެވެ.

"އެމްޑީޕީގެ ފިކުރަކީ މީހެއްގެ ވަށާލައިގެން އެނބުރޭ ފިކުރެއް ނޫން. އެމްޑީޕީގެ ދިރުމަކީ މިީހެއްގެ ވަށާލައިގެން އެނބުރުމެއް، ދިރުމެއް ނޫން. އަޅުގަނޑުމެން އަބަދުވެސް ތަންދިނީ މިނިވަން ހިޔާލާއި މިނިވަން ފިކުރަށް." މާރިޔާ ވިދާޅުވީ، މިއީ އެތެރޭގެ

"އަޅުގަނޑުމެންނަށް މިހާރު މި އޮތީ ޑިމޮކްރަސީ އައިސްފައޭ، އެހެން ހިތައި، އެތެރޭގެ އިންތިހާބުގައި މިގޮތަށް ކަން ކޮށްފިނަމަ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަތުގައި އޮތް ސަރުކާރު ވެސް ގެއްލިގެން ހިނގައިދާނެ."

އެމްޑީޕީގެ ވާދަވެރި ޕްރައިމަރީ އޮންނާނީ ޖެނުއަރީ މަހު 28ވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!