Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ހަފްތާ ބަންދުގެ މޫސުން ލަފާ ކުރާ ގޮތް

ހަފްތާ ބަންދުގެ މޫސުން ލަފާ ކުރާ ގޮތް

މިހަފްތާ ބަންދުގައި ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް އާއްމު ގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެ އިދާރާއިން ވިދާޅުވެފައިވަނީ، ހުކުރު ދުވަހު ރާއްޖޭގެ ހުރިހައި ހިސާބަކަށްވެސް، އާއްމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ. އެހެންނަމަވެސް ހޮނިހިރު ދުވަހު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި ދެކުނުގެ ހުރިހާ އަތޮޅަކަށްވެސް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެއްވޭ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މި ހަފްތާ ބަންދަކީ ސުކޫލު ބަންދަށް ދަތުރުކުރި ފަރާތްތަކުން އަނބުރާ ރަށަށް ދަތުރުކުރާނެ ދުވަސްތަކަށް ވާއިރު، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާ ނެކަމަށްވެސް މެޓު އޮފީހުން ވަނީ ލަފާކުރައްވައިފައެވެ.

Advertisement
Ooredoo — Truecaller (box)

އެހެންކަމުން ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމާބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދެވުމަށާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ އެދެވިގެންވާކަމެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވިދާޅުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް