ޚަބަރު ސިޔާސީ

އަނަސްގެ ހަނދާން ރައީސް އައު ކުރެއްވުމުން، ވައްޑެ ކިޔައިދެއްވީ މި ވެރިކަމުގައި ހިނގި އަނިޔާވެރި މަރުތަކުގެ ވާހަކަ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު

އިންތިހާ އަނިޔާވެރިކަމާއެކު މަރައިލި ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ ހަނދާނ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރޭ އައު ކުރެއްވުމުން، އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) އެމަނިކުފާނަށް ރައްދު ދެއްވައިފިއެވެ.

Ads by MWSC

ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި، ވައްޑެ ވަނީ، ރައީސް ޞާލިހުގެ ވެރިކަމުގައި ރާއްޖޭގައި ހިނގާފައިވާ ނުރައްކާތެރި މަރުގެ މައްސަލަތައް ވަނީ ހަނދާންކޮށްދެއްވައިފައެވެ.

އަދި ސަރުކާރުން ފައިސާ ދެއްވައިގެން ގިނަ ނޫސްތަކުން ވަކި ބާވަތެއްގެ އާޓިކަލް ލިޔުން ހުއްޓުވާލާއިވާކަމަށް ތުހުމަތު ކުރައްވާ ވައްޑެ ވިދާޅުވީ އަނިޔާވެރި މަރުތަކާއި ބިރުވެރި ހާދިސާތައް ހިނގުމެއް ނުހުއްޓުވޭކަމަށެވެ.

"ހަނދުމަފުޅު ކުރައްވާށެވެ. 13 އަހަރު ކުޑަކުއްޖަކު މަރާލާފައި ފޮއްޓަކަށްލައި މޫދަށް އެއްލާލާފައި އޮއްވައި ފެނުނީ މިވެރިކަމުގައެވެ. ފިހާރައެއްގެ ސޭޓަކު މަރާލާފައި ގޯންޏަކަށްލައި ފަޅުގެއެއްގެ ވަޅެއްތެރެއަށް ވައްޓާލާފައި އޮއްވާ ފެނުނީ މިވެރިކަމުގައެވެ. ޒުވާން އަންހެން ކުއްޖަކު މަރާލާފައި ގުނަވަންތައް ބުރިކޮށްފައި އޮއްވާ ފެނުނީ މިވެރިކަމުގައެވެ." ވައްޑެ ލިޔުއްވާފައިވެއެވެ.

ވައްޑެގެ ފޭސްބުކް ޕޯސްޓުގައި އިތުރަށް ވިދާޅުވީ މަޖީދީމަގު މެދުގައި ބޮމެއް ގޮއްވާލައިގެން މަޖިލިސް ރައީސާއި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ވެއްޓުން ޓެރަރިސްޓް ހަމަލާ ދިނީވެސް މިވެރިކަމުގައިކަމަށާއި  ވަކީން ކަންބޮޑުވާ ކަމަކީ މިއިންކަމެއްގެ ހަޤީޤަތް ނުހޯދި، އިންސާފު ޤާއިމު ކުރުމުގައި މާބޮޑަށް ފަރުވާ ކުޑަކޮށްލާތީކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު ފާޅުގައި މިވާހަކަ ދައްކާން މިޖެހެނީ ކުރީގެ މަރުތައް ނުބެއްލެވުނުތާ، މިހާރު ހިނގާ މަރުތައްވެސް ހަމަ ނުބައްލަވައި، ކަމާބެހޭ އިދާރާތަކާއި ޚުދު މަނިކުފާނުވެސް މިކަންކަމަށް ހަމަ ރިއެކްޓްވެސް ކޮށްނުލައްވައި ހުންނެވީތީއެވެ." ވައްޑޭ ވިދާޅުވިއެވެ.

ރޭ ރ. މީދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވަނީ އަނަސްގެ މައްސަލަ ބެލެމުން ދާކަށާއި އެފަދަ މައްސަލަތައް ބެލުމަށް އެކުލަވާލެއްވި ކޮމިޝަނުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.

އަދި އަނަސްއަށް ދިމާވި ގޮތް އެހެން ޒުވާނަކަށް ވާން ނޭދޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Ads by Ooredoo
  1. އަހުނަސް

    އެމްޑީޕީގެ ރިޔާސީ ރޭސް ނިކަން ވަރުގަދަވެފާާ ވަރަށް ފޯރި ގަދަ ވެސް އެބަވޭ.

    • ބުނެބަލަ

      އެމްޑީޕީގެ ރިޔާސީ ރޭހުގައި އުނގޫފަހަރު ދައިރާގެ މެންބަރ ވަހީދު (ވައްޑެ) ކުރީގެ ރައީސް ނަޝީދު އާއެކު ދެން އެމްޑީޕީގެ ރިޔާސީ ރޭހުގައި ދުވާފަރު ދައިރާގެ މެންބަރ އިސްމާއުލް އަހްމަދް (އިއްސެ) ރައީސް އިބްރާހިމް މުހައްމަދް ސާލިހް އާއެކު އެހެން ވިމާ ފޯރި ނިކަން ގަދަވާނެ ދޯ!

  2. ާްއަފްރާ

    ޥައްޑެ ކަލޭމެން ގެ ލަދު ހަޔާތް ކޮބާތޯ؟ އެމް ޑީ.ޕީ މީހެއް ގޮތުގައި ހުރެގެން ކަލޭ އަމާ ހަންދާން ކޮއްބަލަ….ސައިތާނު