Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެމްޑީޕީ ރިޔާސީ އިންތިޚާބު މީގެ ކުރިން ވެސް ނެގީ ކޯލިޝަނަކާއެކު، ރައްޔިތުން އަދިވެސް ޚިޔާރު ކުރާނީ ކޯލިޝަނެއް: ރައީސް

އެމްޑީޕީ ރިޔާސީ އިންތިޚާބު މީގެ ކުރިން ވެސް ނެގީ ކޯލިޝަނަކާއެކު، ރައްޔިތުން އަދިވެސް ޚިޔާރު ކުރާނީ ކޯލިޝަނެއް: ރައީސް

އެންމެ ބޮޑު ޕާޓީއަކީ އަދި އެންމެ ގިނަ މީހުންގެ ތާއީދު އޮތް ޕާޓީއަކީ އެމްޑީޕީ ކަމަށް ވިޔަސް ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތާއި ރައްޔިތުންގެ ނިންމުންތައް ހުރި ގޮތުން އެނގެނީ ރައްޔިތުން އަދި ވެސް ޚިޔާރުކުރަނީ ކޯލިޝަނެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މި މަހުގެ 28ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ނ.މަނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އެ މަނިކުފާނު މިއަދު ފާހަގަކުރެއްވި އެއް ކަމަކީ އެމްޑީޕީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރި ހުރިހާ ފަހަރެއްގައި އެކަން ކޮށްފައި ވާނީ އެހެން ޕާޓީތަކާ ގުޅިގެން ކަމެވެ.

"ހަގީގަތުގައި ޑިމޮކްރަސީއެއް ފައްކާވަމުން އަންނައިރުގައި އެއީ ހަމަ އެންމެ ރަނގަޅު ގޮތް. ކަންތައްތައް ހަމަޖެހި، ތަރުތީބު ވަންދެން ގިނަ ފިކުރުތައް އެއް ތަނެއްގައި ތިބެ، މަޝްވަރާކޮށްގެން ކަންކަން ނިންމުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތްކަން އަޅުގަނޑު ގަބޫލުކުރަން،" ރައީސް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ރައީސް އިތުރަށް ވިދާޅުވީ، ކޮންމެ މީހަކު ވެސް ވެރިކަމަށް އަންނަނީ ވައުދުތަކެއް ވެގެން ކަމަށާއި އެގޮތުން އެ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރަމުންދާއިރު ބައެއް ރަށްރަށުގައި ގެންދަން ބޭނުންވި ސްޕީޑުގައި ނުގެންދެވި އެބަހުރި ކަމަށެވެ. އެގޮތުން ކޮވިޑް-19ގެ ސަބަބުންނާއި ދުނިޔޭގެ މަޝްރަޙަށް އައި ބަދަލުތަކާއެކު މި މަސައްކަތްތައް މަޑުޖެހުނުކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން ކޮވިޑުން އަރައިގަނެ ސަރުކާރުގެ މަޝްރޫއުތައް އަވަސް ސްޕީޑުގައި ކުރިއަށް ގެންދަން ފަށާފައިވާ މަސައްކަތުގެ ތެރެއިން މަނަދޫއާ މެދު ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތައް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެދުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކާ ޕާޓީ ތެރޭގައި މި ބޭއްވޭ ޕްރައިމަރީގައި ބޮޑުކޮށް މި ރަށުން ވޯޓު އަޅުގަނޑަށް ވޯޓު ދެއްވާ މިކަން ކާމިޔާބު ކުރުން. އެންމެން އެކުގައި ނިކުމެ ރިޔާސީ އިންތިހާބު ބޮޑުކޮށް ކާމިޔާބުކޮށް، ރާއްޖޭގެ ތަރައްގީގައި މި ފެށި ދަތުރު ނުހުއްޓި ކުރިއަށް ދެވޭނެ ގޮތަކަށް ކަންކަން ވެގެންދިޔުން." ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް