ޚަބަރު އިޖުތިމާޢީ

ސްޓެލްކޯއިން ގުޅީގެ އޮޑިވެރިންނަށް ފެނުގެ ޚިދުމަތް ދޭން ފަށައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ސްޓެލްކޯއިން ގުޅީގައި ފެނުގެ ޚިދުމަތް ދިނުން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--

ކ.ގުޅީގައި އޮޑި ދޯނި ފަހަރަށް ފެނުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

Ads by MWSC

ބުރާސްފަތި ދުވަހު ގުޅީގައި މި ޚިދުމަތް ދޭން ފެށީ ސްޓެލްކޯއިންނެވެ. އެ ކުންފުނިން ދޭން ފެށި މި ޙިދުމަތާއެކުގައި، އޮޑިވެރިންނަށް ޒަމާނީ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. މިގޮތުން ހޮޓްލައިންއަށް ގުޅައި، އޯޑަރު ދިނުމުން، ޕޭމަންޓް ލިންކް ފޯނަށް ލިބި، ފަސޭހައިން ޚިދުމަތަށް ފައިސާ ދެއްކުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މި ހިދުމަތް ގުޅީގައި އިފްތިތާހު ކުރެވިގެންދިއުމާއެކު، ކުންފުނީގެ މެނޭޖްމަންޓުން ވަނީ ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ދޯންޏަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމައިފައެވެ.

އޮޑި ދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ ތިން ބޭންޑަކަށް ބަހާލައިގެންނެވެ. އެއީ ބޭންޑް އޭއަށް 10 ރުފިޔާ، ބޭންޑް ބީއަށް 12 ރުފިޔާ ފަންސާސް ލާރި، އަދި ބޭންޑް ސީއަށް 13 ރުފިޔާ 50 ލާރީގެ މަގުންނެވެ.

އޮޑި ދޯނިފަހަރަށް ފެން ވިއްކުމުގެ ހިދުމަތް މިވަގުތު ދެމުން ގެންދަނީ ގުޅީގެ އިތުރުން، އދ. މަހިބަދޫ އާއި ކ. ގާފަރުގައެވެ.

މީގެ އިތުރުންވެސް މިކުންފުނިން ފެނުގެ ހިދުމަތްދޭ އެހެން ރަށްތަކުގައިވެސް މި ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެއެެވެ.

ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ދޯނިތަކުގެ އިތުރުންވެސް މި ހިދުމަތް ބޭނުންވާ އެހެން އޮޑިދޯނި ފަހަރަށްވެސް މި ހިދުމަތް އެ ރަށުން ފޯރުކޮށްދެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ގުޅީގެ ފެނުގެ ހޮޓްލައިން ނަމްބަރަކީ 7281221އެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!