ގޮނޑިއަކާ މޭޒެއް ނެތިގެން، ފެހެންދޫ ސުކޫލަށް ދަރިވަރަކު ނުގެންދެވި ގިނަ ދުވަސްތަކެއް
ދަރިވަރު ބައިންދާނެ ގޮނޑިއަކާ މޭޒެއް ނެތުމުގެ ސަބަބުން ބ. ފެހެންދޫ ސުކޫލުގެ ދަރިވަރަކު ސުކޫލަށް ނުފޮނުވިފައި ހުންނަތާ މަހަކަށް ވުރެ ގިނަދުވަސް ވެއްޖެއެވެ.
ދަރިވަރުގެ ބެލެނިވެރިޔާ، ފަޒީނާ "ދެން" އަށް މަޢުލޫމާތު ދެމުން މިއަދު ބުނީ ދަރިފުޅު ކުރިން ހުރި ސުކޫލުން ކަނޑާލައިގެން، ފެހެންދޫ ސުކޫލަށް ވައްދަން އެރަށަށް ގެންދިޔައީ މިދިޔަ ޓާމުގެ ފަހު ތިން ހަފްތާގައި ކަމަށެވެ. އެހެންނަމަވެސް ދަރިވަރު ބައިންދާނެ ގޮނޑިއެއް ނެތުމުގެ ސަބަބުން މިި ޓާމުގެ ކިޔެވުން ފެށުނު އިރުވެސް ދަރިފުޅު ސުކޫލަށް ނުގެންދެވޭ ކަމަށް އޭނާ ކިޔައިދިނެެވެ.
"އަޅުގަނޑު ދަރިފުޅު މިދިޔަ ޓާމުގައި އޭރު ހުރި ސުކޫލުން ކަނޑާލީ މިރަށު ސުކޫލަށް ވައްދަން. ދެން ސުކޫލުން ޖާގަލިބުނު ކަމަށް އަޅުގަނޑަށް އެނގީމަ އަޅުގަނޑު މި ތައްޔާރުވީ ދަރިފުޅު ސުކޫލަށް ގެންދަން. ހުރިހާ ކަމެއް ތައްޔާރު ވީމަ ދެން ގުޅާފަ މިބުނީ ގޮނޑިއަކާއި މޭޒެއް ނެތޭ އެހެންވީމަ އަދި ދަރިފުޅު ސުކޫލަށް ނުގެނެސް މަޑުކުރާށޭ" ފަޒީނާ ބުންޏެވެ.
ފަޒީނާ ބުނި ގޮތުގައި ދަރިފުޅު ފެހެންދޫ ސުކޫލަށް ބަދަލުކޮށް ހުރިހައި ކަމެއް ހަމަޖެހުނުކަމަށް ޕްރިންސިޕަލް އެންގެވުމުން ،ދަރިފުޅު ސުކޫލަށް ފޮނުވަން ހުރިހާ ތައްޔާރީތަކެއް ވީފަހުން، ރޭގައި އަނެއްކާވެސް ސުކޫލުން ގުޅާފައި، އަދިވެސް ގޮނޑިއަކާއި މޭޒެއް ނެތް ކަމަށް އެންގިއެވެ.
"ބަންދު ނިމިގެން ދިޔައިރުވެސް އަޅުގަނޑަށް އެއްވެސް ހަބަރެއް ނުލިބޭ. ދެން އަޅުގަނޑު ހީކުރިން މިއަދު ދަރިފުޅު ސުކޫލަށް ފޮނުވޭނެކަމަށް. އެހެންވެ ތައްޔާރުވެސްވިން. ހުރިހާކަމެއް ތައްޔާރުކޮށް ނިމުނުފަހުން ރޭގައި އަނެއްކާ ސުކޫލުގެ އެޑްމިންކުއްޖާ ގުޅާފައި މިބުނަނީ ޕްރިންސިޕަލް ވިދާޅުވިއޭ އަދިވެސް ގޮނޑިއަކާއި މޭޒަކާއި ނުލިބެޔޭ އެހެންވީމަ އަދި މަޑުކޮށްލާށޭ. ދެން އަޅުގަނޑު ހިތަށް އެރި އަޅުގަނޑުދެން ދާންވީއޭ ގޮނޑިއަކާއި މޭޒަކާ ބޮލަށް ލައިގެން ސުކޫލަށް ކުއްޖާ ގޮވައިގެން" ފަޒީނާ ބުންޏެވެ.
މި މައްސަލަައިގައި ފެހެންދޫ ސުކޫލު ހިންގަމުން އަންނަ ބ. ގޮއިދޫ ސުކޫލުގެ ޕްރިންސިޕަލް މުޙައްމަދު ނިޒާމާ "ދެން"އިން ސުވާލު ކުރުމުން، އޭނާ ވިދާޅުވީ ދަރިވަރު ފެހެންދޫއަށް ގޮސްފައިވަނީ ސުކޫލުގައި ޖާގަ އޮތްތޯ ބެލުމެއް ނެތިކަމަށެވެ.
"ފުރަތަމަ ކަމަކީ ފެހެންދޫ ސުކޫަލަށް ވަންނަން ބޭނުންކަމަށްވަންޏާ ކެނޑުމުގެކުރިން މިކޮޅުގައި ޖާގަ އޮތްތޯ ބަލާނީ ދެން ޖާގަ އޮތިއްޔާ ކެނޑިއގެން އަންނާނީ އެގޮތައް ދެން ހަމަ ކެނޑިގެން އައިސްފަ ތިމަންނަ މިހުރި ފެހެންދޫ ސުކޫލަށް ކިޔަވަން އައިސް، އެގޮތަކަށް ނުއެއް ވަދެވޭނެ ދޯ އެއްވެސް ސުކޫލަކަށް. ދެން ފެހެންދޫ ސުކޫލަކީ ތަފާތު ސިސްޓަމަކަށް ދާ ސުކޫލެއް" ނިޒާމް ވިދާޅުވިއެވެ.
ނިޒާމް ވިދާޅުވީ ދަރިވަރު ހޯމަ ދުވަހުން ފެށިގެން ސުކޫލަށް ގެނެވޭނެކަމަށް ބެލެނިވެރިޔާއަށް އަނގާފައިވާނެކަމަށެވެ. އަދި ޖެހިގެން އުޅެނީ ގޮނޑިއަކާ މޭޒަކަށް ވުރެ ބޮޑަށް ކްރޯމް ބުކެއްގެ މައްސަލަކަމަށެވެ. އަދި ދަރިވަރަށް ހޯމަ ދުވަހުން ފެށިގެން ސުކޫލަށް އާދެވޭނެ ކަމަށް އަންގަވައިފައިވާނެ ކަމަށްވެސް ނިޒާމް ފާހަގަކުރެއްވިއެވެ.
"ކްރޯމް ބުކް ނުލައެއް ނުއެއް ކިޔެވޭނެ. ކޮންމެ ކުއްޖަކަށް އޮންނާނެ ވަކި ކްރޯމް ފޮތެއް. އެއީ ލެޕްޓޮޕް ވައްތަރުގެ. އެހެންވީމަ އެއަށް ރިކުއެސްޓްކޮށްފައި އެއެއްޗެހި ލިބުނީމައި ދެއްތޯ އަޅުގަނޑުމެން ޖާގަ ދޭނީ. ފެހެންދޫއަށް އެކުއްޖާއައީ ސުކޫލުން އެޑްމިޝަން ދީގެންނެއްނޫން އައީކީ. އަޅުގަނޑުމެން އޮންނާނީ އިއްޔެ ޕޭރެންޓަށް އަންގައިފައި މަންޑޭއިން ފެށިގެން އެކުއްޖާއަށް ސުކޫލަށް އާދެވޭނޭ." ނިޒާމް ވިދާޅުވިއެވެ.
އެހެންނަމަވެސް ސުކޫލުގެ ޕްރިންސިޕަލްގެ ވާހަކަ ބެލެނިވެރިޔާ ދޮގުކުރެއެވެ. ފަޒީނާ ބުނީ ދަރިވަރަށް ޖާގަލިބިފައިވާކަމަށް ޕްރިންސިޕަލް ވިދާޅުވިކަމަށެވެ. އަދި ފެހެންދޫގައި ކުއްލިއަކަށް އަންނަންޖެހިގެން އަންނަ ކުދިން މީގެ ކުރިން ކްރޯމް ބުކް ޝެއާކޮށްފައިވާކަމަށްވެސް ފަޒީނާ ބުނެފައިވެއެވެ.
"މިރަށުގައި އެބަހުރި ކުއްލިއަކަށް އަންނަން ޖެހިގެން އަންނަ ކުދިން ކްރޯމް ބްކް ޝެއާކޮށްފަ. ދެން އޭނާ ބުނީ ގޮނޑި މޭޒު އެގޮތަކަށެއް ނުހެދޭނެ ނޫންހެއްޔޭ. ދެން ކުއްޖަކު އާޖެންޓުކޮށް ގެންނަން ޖެހުނީމަ ކުރިން ކިހިނެތް ޖާގަ ހޯދާނީ. ހަމަޓަސްލާފައި އާން ޖާގަ އެބައޮތޭ ސުކޫލުން ލިބިފައި މާދަމާ ގެންނާށޭ ބުނެފަ ހުރިހާކަމެއް ރެޑީވާފަހުން ދެން ގުޅާފަ ގޮނޑިއާއި މޭޒާނެތޭ ނޫނީ ކްރޯމް ބުކްވެސް ނެތޭ ބުނީމަ އެކޮޅުން ކަނޑާލެވިފައި ހުރީމަ ދެން ނީންނާނެ ދޯ ހަދާނެގޮތެއް. ސުކޫލު ފެށުނީމަ" ފަޒީނާ ބުންޏެވެ.
ފަޒީނާ ބުނީ ދަރިފުޅު ސުކޫލަށް ނުގެންދެވި ގިނަ ދުވަސް ވަމުން އަންނާތީ އެކަން ކައުންސިލް މެދުވެރިކޮށްވެސް ބަލައި، އެހީތެރިކަން ޙޯދައިފައި ވާނެކަމަށެވެ.
ކުއްޖާ ކުރިންހުރި ސްކޫލުން ފެހެންދޫ ސްކޫލަށް ބަދަލުކުރިއިރު ކުރީސްކޫލްގައި ދަރިވަރު އިން ގޮނޑިއާ މޭޒާ ހިފައިގެން އައިނަމަ ތިހެން ނުވީސް ނޫންތޯ؟
ނުކިޔަވާ ސޯލިހުގެ ދައުރު ނިމެނީ
ޕްރިންސިޕަލް ޖާގައޮތްކަމަށް ދެއްނެވީމް ނޫންތޯ އެހުރި ރަށުން ކެނޑެވޭނީވެސް (މޮޔަ)