ނީލަން ފިހާރައިގައި ރޯވުން: އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ

މިއަދު ހެނދުނު ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު އިތުރަށް ނުފެތުރޭ ވަރަށް ކޮންޓްރޯލް ކޮށްފިއެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، އަލިފާންގަނޑު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އަދި އިތުރަށް އެ އަލިފާންގަނޑު ފެތުރިގެން ދިޔުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
އެމްއެންޑީއެފުންވެސް ވަނީ އަލިފާންގަނޑު ކޮންޓްރޯލް ވެފައިވާ ކަަމަށް މަޢުލޫމާތު ދެއްވައިފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މިހާރު މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ އަލިފާން ނިއްވާ ލޮރީވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ފަޔާ އެންޑް ރެސްކިޔުއަށް ލިބުނީ މިއަދު ހެނދުނު 5:43 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.