ޚަބަރު

12 ތަމްރީނެއް ފުރިހަމަ ކުރަން 47 ދިވެހިން އިންޑިއާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތަފާތު އެކި ދާއިރާތަކުން 12 ތަމްރީނެއްގައި ބައިވެރިވުމަށް 47 ދިވެހިން މާދަމާގެ ވަގުތެއްގައި އިންޑިއާ އަށް ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Sosun Fihaara

މި ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން 10 ޕްރޮގްރާމެއް ކުރިއަށް ގެންދަނީ އައިޓީއީސީ ގެ ދަށުންނެވެ. ބާކީ ހުރި އެއް ޕްރޮގްރާމް ނިއު ދިއްލީގެ އެސްއެސްއައިއެފްއެސް އިންސްޓިޓިއުޓްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އަނެއް ޕްރޮގްރާމް ކުރިއަށް ގެންދާނީ ނޭޝަނަލް ސެންޓަރ ފޯރ ގުޑް ގަވަނެންސް (އެންސީޖީޖީ)ގެ ދަށުންނެވެ. އެއީ އެންސީޖީޖީ އަދި ސިވިލް ސަރވިސް ކޮމިޝަންއާއި ދެމެދު ސޮއިކުރެވިފައިވާ އެމްއޯޔޫގެ ދަށުން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

އައިޓީއީސީގެ ތަމްރީނު ޕްރޮގްރާމްގައި ހިމެނޭ ދާއިރާތަކަކީ ފިޝަރީޒް ޓެކްނޮލޮޖީ، ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސަސް (އެސްއެމްއީ)، ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޮޓްރޮޕިކްސް ސަބްސްޓެންސް އަދި އެންޓި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުން، އެންޓި ކޮރަޕްޝަން ކޭސްތަކުގެ ތެރެއިން ޕްރޮކިއުމަންޓް އެންޑް ކޮންޓްރެކްޓް ފްރޯޑްސް އާއި ލެޖިސްލޭޓިވް ޑްރާފްޓިންއެވެ. ފާމަސިއުޓިކަލް ގުޑް މެނުފެކްޗަރިންގ ޕްރެކްޓިސް (ޖީއެމްޕީ) އޮޑިޓްސް، ވޯޓަރ އެޑިއުކޭޝަން، ވިމެން އެމްޕަވަރމަންޓް، އޮޑިޓް އޮފް އީ-ގަވަރނަންސް އަދި އެފޯޑަބަލް ހައުސިންގ ބައިތަކުންވެސް އައިޓީއީސީގެ ދަށުން ވެސް ތަމްރީންތައް ބާއްވާނެއެވެ.

ރާއްޖޭގެ އެކި އިދާރާތަކުން ޖުމްލަ 19 ބައިވެރިން އެކި މުއްދަތުގަ މި 10 ޕްރޮގްރާމުގައި ގައުމީ ފެންވަރުގެ އެކި އިންސްޓިޓިއުޝަންތަކުގައި ބައިވެރިވާނެއެވެ.

މިދިޔަ އަހަރު ޖުމްލަ 70 ދިވެހިން އައިޓީއީސީގެ އެކިއެކި އިން-ޕާސަން ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާއިރު ޖުމްލަ 224 ދިވެހިން އީ-އައިޓީއީސީ (ވާޗުއަލް) ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވެއެވެ.

ރާއްޖެއަކީ އިންޑިއާގެ 160 އައިޓީއީސީ ޕާޓްނަރުންގެ ތެރެއިން އެއް ޕާޓްނަރެވެ. އެސްއެސްއައިއެފްއެސް އިން ދޭ ފެލޯޝިޕަކީ "ޑިސާރމަމަންޓް އެންޑް އިންޓަރނޭޝަނަލް ސެކިއުރިޓީ އެފެއާޒް" ގައި ހިމެނޭ ފެލޯޝިޕްއެކެވެ. މި ފެލޯޝިޕްގައި ރާއްޖޭގެ ޚާރިޖީ ވުޒާރާގެ މުވައްޒަފެއް ބައިވެރިވާނެއެވެ. މި ތަމްރީނުގައި ތަފާތު 25 ގައުމަކުން ބައިވެރިން ބައިވެރިވާނެއެވެ. އެސްއެސް އައިއެފްއެސް އިންސްޓިޓިއުޓަކީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ދަށުން ހިންގާ އިންޑިއާގެ ސިވިލް ސަރވަންޓުން އަދި ފޮރިން ޑިޕްލޮމެޓުން ތަމްރީނު ކުރަމުންދާ އެކަޑަމިކް އިންސްޓިޓިއުޓެކެވެ.

1996 ވަނަ އަހަރުން ފެށިގެން އެސްއެސްއައިއެފްއެސްގައި 80 ދިވެހި ޑިޕްލޮމެޓުން ތަމްރީނު ކުރެވިފައިވެއެވެ. އެންސީޖީޖީއަށް ދާ 27 ދިވެހި ސިވިލް ސާވަންޓުންގެ ބެޗަކީ ސީއެސްސީ އާއި އެންސީޖީޖީއާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ދިވެހި ސިވިލް ސާވަންޓުންނަށް ދެވޭ ފީލްޑް އެޑްމިނިސްޓްރޭޝަންގެ 20 ވަނަ ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 589 ސިވިލް ސާވަންޓުން ތަމްރީންތައް ފުރިހަމަކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!