Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައީސް ޞާލިޙް ވިދާޅުވީ ވޯޓް އިސްރާފް ނުކުރެއްވުމަށް

ރައީސް ޞާލިޙް ވިދާޅުވީ ވޯޓް އިސްރާފް ނުކުރެއްވުމަށް

މި މަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ދެވޭ ވޯޓަކީ އިސްރާފަށް ދެވޭ ވޯޓެއް ކަަމުގައި ނުހެއްދެވުމަށް އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް ޞާލިޙް މިިހެން ވިދާޅުވީ ބ. ދަރަވަންދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަޝްރަޙް މިއަދު އޮތް ގޮތުން ވެރިކަމަށް އާދެވޭނީ ތަފާތު ފިކުރު އެކުލެވޭ ސަރުކާރެއް އެކުލަވާލައިގެން ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވާދަވެރި ކެނޑިޑޭޓް ރައީސް ނަޝީދު މިކަން ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި، ނަޝީދު މަސައްކަތް ކުރައްވަމުން ގެންދެވީ އެކަނިމާ އެކަނި ނިކުމެވަޑައިގެން އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް ވިދާޅުވިއެވެ،

Advertisement
Allied Insurance — Square (box)

ރައީސް ޞާލިޙް ވަނީ ރައީސް ނަޝީދު ކޯލިޝަނެއް ހަދަން އެމަނިކުފާނު ބޭނުންފުޅުވާ ފޯމިއުލާ މިއަދު ވިދާޅުވުމުން އެކަމަށް ޖޯކު ޖައްސަވާފައެވެ.

<em>"ދަންނަވަން ބޭނުންވާ ވާހަކައަކީ ކޯލިޝަނެއް ހެދެނީ އެކަންޏެއް ނޫން، ގިނަ ޕާޓީތައް ބައިވެރިވެގެން." ރައީސް ޞާލިޙް ވިދާޅުވީ، ގިނަ ޕާޓީތަކާއެކު މަސައްކަތް ކުރެވެނީ އެކަނިކުފާނަށް ކަމަށް ގިނަ ރައްޔިތުން ޤަބޫލު ކުރާ ކަމަށެވެ.</em>

"ޕާޓީ އެތެރޭގެ މިއޮތް އިންތިޚާބ މުހިންމު ވަނީ، ސަރުކާރުގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް އެބަ އިނގޭ. ސަރުކާރަށް އާދެވެން އޮތް ގޮތް އެބަ އިނގޭ."

"ނަމަނަމަ ތިބޭފުޅުންގެ ވޯޓް އިސްރާފް ނުކުރައްވާތި، ބާކީއެއްޗަކަށް ނުހައްދަވާތި"

ރައީސް ޞާލިޙާއި ރައީސް ނަޝީދު މިހާރު ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުފުޅުތައް ކުރައްވަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް