Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މި ވަގުތު އިދިކޮޅު ލީޑަރަކީ ޝިޔާމް: އެމްޑީއޭ

މި ވަގުތު އިދިކޮޅު ލީޑަރަކީ ޝިޔާމް: އެމްޑީއޭ

މި ވަގުތު ރާއްޖޭގެ އިދިކޮޅު ލީޑަރަކީ އެމްޑީއޭގެ ރައީސް، މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ކަމަށް އެމްޑީއޭގެ ނައިބު ޑރ. އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިދިކޮޅު ލީޑަރު ޖަލަށްލުމާ ގުޅިގެން މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީގެ ހައިސިއްޔަތުން މިވަގުތު ރާއްޖޭގެ އިދިކޮޅު ލީޑަރަކީ އެމްޑީއޭގެ ރައީސް ސިޔާމް ކަމަށެވެ.

"އަދި ރައްޔިތުންނައްޓަކާ ސަރުކާރު ޒިއްމާދާރު ކުރުުގެ މަސައްކަތް ޤާނޫނު އަސާސީ ތަންދޭ އެންމެ ފުޅާމިނެއްގައި ކުރާނެ ކަމުގެ ޔަގީންކަން އަރުވަން. މި ހައްސާސީ ވަގުތުގައި ތިޔަ ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުން އަޅުގަޑުމެން މިކުރާ ގައުމީ މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު އަރުވަން." ރަފިއްޔާ ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންްނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށްވާއިރު މިދިޔަ މަހުގެ ފަހުކޮޅު އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވެ ވަނީ 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފަައެވެ. އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓަކީ ވެސް ރައީސް ޔާމީނެވެ.

ރަފިއްޔާ މިހެން ވިދާޅުވެފައިވާއިރު، ޕީޕީއެމްއާއި އެމްޑީއޭ ނޫން ރާއްޖޭގެ ބޮޑެތި ހުރިހާ ސިޔާސީ ޕާޓީއަކީ ސަރުކާރު ކޯލިޝަންގެ ބައިވެރިންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް