ލޮލު ރޯގާ އިތުރުވަނީ، ސަމާލުވޭ

މިހާރު ރާއްޖޭގައި ލޮލުރޯގާ ބަލި އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެ އެޖެންސީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޮލުރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ބަލީގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ވެސް އިރުޝާދު ދެއްވާ ކަމަށެވެ.
ވަރަށް ފަސޭހަކަމާއެކު ގައިން ގަޔަށް އަރާ ލޮލުރޯގާ ޖެހުމުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ލޮލުން ފެން އައުން، ލޯ ހިރުވުން، ލޯ ރަތްވުން އަދި ލޮލުގައި މަޑުލުން ހިމެނެއެވެ.
މި ބަލިން ރައްކާތެރިކަން ހޯދުމަށް އެންމެ މުހިންމު ކަމަކީ، ސާފުތާހިރު ކަމަށް އިސްކަން ދިނުމެވެ. އެގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ރަނގަޅަށް ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމާއި އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުމާއި ލޮލުގައި އަތްލުމާއި އުނގުޅުމުން ދުރުހެލިވުން ފަދަ ކަންކަމެވެ.
މި އަހަރަކީ ރާއްޖޭގައި ވައިރަލް އެކ ރޯގާތައް، އެހެން އަހަރުތަކާ އަޅާބަލާއިރު، ވަރަށް ގިނަ ވެގެން ދިޔަ އަހަރެކެވެ.
މިސަރުކާރަށް ތާއީދުކުރާ އެންމެންވެސް ވަރަށް ބޮޑަށް ލޮލުރޯގާ ޖެހިފައިވާތާ މިހާރު ކިތައްމެ ދުވަހެއްވެއްޖެ އެއީ އެމީހުންނަކަށް ނުފެންނާނެ މިސަރުކާރުން ކުރާ އެއްވެސް ގޯސްކަމެއްވެސް ނުބައި ނުލަފާކަމެއްވެސް ޤަވާޢިދާއި ޤާނޫނާ ޚިލާފަށް ކުރާ އެއްވެސް ކަމެއްވެސް