Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހުޅުމާލެއަށް އިންސާނެއްގެ ހަށިގަނޑުގެ ބައި ތަކެއް ލައްގައިފި

ހުޅުމާލެއަށް އިންސާނެއްގެ ހަށިގަނޑުގެ ބައި ތަކެއް ލައްގައިފި

ހުޅުމާލޭގެ ގޮނޑު ދޮށަކާށް އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ލައްގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލައްގާފައި އޮއްވާ ފެނިފައިވަނީ އިންސާނެއްގެ ދެ ފައެވެ.

ހަށިގަނޑުގެ ބައިތައް ފެނިފައިވަނީ މިއަދު ހަވީރު ހުޅުމާލޭގެ ރެޑްބުލް ދަނޑާ ކައިރިން ބީޗު ސަރަހައްދުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

Advertisement
HDC — Sidebar (box)

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ ހުޅުމާލެ ރެޑްބުލް ޕާކާ ދިމާ އަތިރިމަތިން އިންސާނެއްގެ ކަށިތަކެއް ފެނިފައިވާ ކަމުގެ މަޢުލޫމާތު މިއަދު 17:38 ހާއިރު ލިބިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ފުލުހުން ދަނީ ބަލަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް