ހުޅުމާލޭ ފޭސް 2 ގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީ ޒަހަމް ކޮށްލައިފި

ހުޅުމާލޭ ފޭސް 2 ގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާ ދީ ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭ ފޭސް 2 ގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 1:15 ހާއިރުއެވެ. އަދި ޒަހަމްކޮށްލާފައިވަނީ އުމުރުން 26 އަހަރުގެ ޒުވާނެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
"މި މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު ފުލުހުން ސީން އަށް އެޓެންޑުވެ އަނިޔާ ލިބުނު 26 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންގޮސްފައިވޭ"
ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
ފުލުހުން ވިދާޅުވި މި މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.