ދުނިޔެ

އެމެރިކާގެ އިތުރު ދެ ސްޓޭޓެއްގައި، ސަރުކާރު އޮފީސްތަކުގައި ޓިކްޓޮކް ބޭނުން ކުރުން މަނާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ، އެމެރިކާގެ ސްޓޭޓްތައް ކަަމަށްވާ ވިސްކޮންސިންއާއި ނޯތު ކެރޮލައިނާގައި މަނާ ކޮށްފިއެވެ.

Ads by WAMCO

އެ ދެ ސްޓޭޓްގައި ސަރުކާރުގެ ޑިވައިސްތަކުގައި ޓިކްޓޮކް މަނާ ކުރުމުގެ އަމުރުގައި ވިސްކޮންސިން އާއި ނޯތު ކެރޮލައިނާގެ ގަވަރުނަރުން ސޮއިކުރައްވައި، މަޝްހޫރު ވީޑިއޯ އެޕް ބޭނުންކުރުން ވަނީ މަނާ ކޮށްފައެވެ.

ޗައިނާގެ ހިއްސާ އޮންނަ ޓިކްޓޮކް ދައުލަތުގެ ޑިވައިސްތަކުން މަނާކުރުމުގެ އިތުރުން، ވިސްކޮންސިންގެ ގަވަރުނަރު ޓޯނީ އެވާސް ބުރާސްފަތި ދުވަހު ވިދާޅުވީ ޗައިނާގެ އެހެން ކުންފުނިތައް ކަމަށްވާ ވާވޭ ޓެކްނޮލޮޖީސް، ހިކްވިޝަން، ޒެޑްޓީއީ ކޯޕް ޓެންސެންޓް ހޯލްޑިންގްސްގެ އިތުރުން ރަޝިއާގެ ކަސްޕާސްކީ ލެބްގެ ވިއްކާ އުފެއްދުންތަކާއި ޚިދުމަތްތައް މަނާކުރަމުން އަންނަ ކަމަށެވެ.

"ޑިޖިޓަލް ޒަމާނުގައި އަޅުގަނޑުމެންގެ ދައުލަތުގެ ޓެކްނޮލޮޖީ އާއި ސައިބާ ސެކިއުރިޓީ އިންފްރާސްޓްރަކްޗާ ދިފާއުކުރުމާއި ޑިޖިޓަލް ޕްރައިވެސީ ހިމާޔަތް ކުރުމަކީ ދައުލަތެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމެއް،" އެވާސް ވިދާޅުވިއެވެ.

ނޯތު ކެރޮލައިނާގެ ގަވަރުނަރު ރޯއީ ކޫޕާ ސޮއިކުރައްވައި ނެރުއްވި އަމުރެއްގައި ވަނީ ޓިކްޓޮކާއި ވީޗެޓް އަދި ދައުލަތުގެ ޑިވައިސްތަކުގައި ސައިބާ ސެކިއުރިޓީގެ ނުރައްކާތައް ހުރި "އެހެނިހެން އެޕްލިކޭޝަންތައް" ބޭނުންކުރުން މަނާކުރާ ސިޔާސަތެއް 14 ދުވަހުގެ ތެރޭގައި އެކުލަވާލުމަށް އޮފިޝަލުންނަށް އަންގަވައިފައެވެ.

މީގެ އިތުރުން ޗައިނާގެ ޓެކްނޮލޮޖީ ކުންފުނި ބައިޓްޑާންސްގެ ހިއްސާ އޮންނަ ޓިކްޓޮކް މި ހަފުތާގެ ކުރީކޮޅު އޮހާޔޯ، ނިއު ޖާޒީ އަދި އާކަންސަސް ފަދަ ސްޓޭޓްތަކުގައި މަނާކުރިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!