ޚަބަރު

އިންޑިއާ ކޭމްޕަށް ފުރާ އެތުލީޓުންނަށް ޚާއްސަ އިވެންޓެއް ބާއްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި އަހަރު ފަހުކޮޅު މަޑަގަސްކަރައިގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މެޑަލް އަށް އަމާޒުކޮށްގެން، ޤައުމީ އެތުލެޓިކްސް ޓީމު، އިންޑިއާގައި ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ ކޭމްޕަށް ފުރުމުގެ ކުރިން، އެތުލީޓުންނަށް ޚާއްސަ އިވެންޓެއް ބާއްވައިފިއެވެ.

Ads by MWSC

އިންޑިއާގައި ކުރިއަށްދާ ޓްރެެއިނިން ކޭމްޕުގެ ބައިވެރިންނަށް ޚާއްސަ މި އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ އެކުވެނި އެއް ނަމްބަރު ދަނޑުގައެވެ. މި އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ރިލޭ ޓީމަށް ބޮޑަށް އަމާޒުކޮށްގެން، ދެ ބަޔަކަށް ބަހައިލައިގެންނެވެ.

އިންޑިއާގެ ބެންގަލޫރުގައި ހުންނަ ނެތާޖީ ސުބާޝް ސްޕޯޓްސް އޮތޯރިޓީގައި ކުރިއަށްދާ ޓްރެއިނިން ކޭމްޕްގައި ޤައުމީ އެތުލެޓިކްސް ޓީމުގެ ސިލެކްޝަނެއްގެ ތެރެއިން، 10 އެތުލީޓުން ބައިވެރިވެެއެވެ.

ތިން ކޯޗުން ހަރަކާތްތެރިވާ މި ކޭމްޕްގެ ބައިވެރިންނަށް އިވެންޓްގައި ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް، އިންޑިއާގެ ހައި ކޮމިޝަނަރު، މުނޫ މަހާވަރު ބައިވެރިވެވަޑައިގަންނަވައި ވާހަކަ ދެއްކެވިއެވެ.

އިންޑިއާގެ ބެންގަލޫރުގައި މި މަހުގެ 16 އިން ފެށިގެން މާޗު މަހުގެ 15 އާ ހަމައަށް ކުރިއަށްގެންދާ ތަމްރީންތަކުގައި ރާއްޖޭގެ ދިހަ އެތުލީޓެއް ވާދަކުރެއެވެ.

މާޗު މަހު ޓީމް އެނބުރި މާލެ އަންނާނީ ރޯދަ މަހަށް ތަމްރީންތައް މެދު ކަނޑާލުމަށެވެ. އޭގެ ފަހުން، އައިއޯއައިޖީ އަށް ހޮވޭ ފައިނަލް ސްކޮޑާ އެކު ގައުމީ އެތުލެޓިކްސް ޓިމް މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮގަސްޓް 15 އަށް އިންޑިއާގައި ތަމްރީން ހަދާ ގޮތަށް ވަނީ ނިންމައިފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!