Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރިޔާސީ ބަޔާން އިއްވުން ފެބުރުއަރީ 6 ގައި

ރިޔާސީ ބަޔާން އިއްވުން ފެބުރުއަރީ 6 ގައި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ ފެބުރުއަރީ 6 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ ފެބުރުއަރީ 6 ގައި ކަމަށެވެ.

މަޖިލީހުގެ ކޮންމެ އަހަރެއްގެވެސް ފުރަތަމަ ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާއެކެވެ.

Advertisement
Ooredoo — Truecaller (box)

ޤާނޫނުއަސާސީގައި ބުނެފައިވަނީ، ކޮންމެ އަހަރަކުމެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބުރުއަރީ 6 ގައި ބާއްވާއިރު، ޖެނުއަރީ 28 ވަނަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެއެވެ. ޕްރައިމަރީގެ ކެމްޕޭންގެ ތެރެއިން އެއްބޭފުޅަކު އަނެއްބޭފުޅަކަށް އަންނަނީ ނުހަނު ބޮޑަށް ފާޑުކިޔަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް