ޚަބަރު ސިޔާސީ

6 މެއިގެ ހަމަލާ އަކީ ސަރުކާރުގެ ފަރުވާކުޑަކަމާ އަޅާނުލުމުގެ ނަތީޖާ: ހަސަން ލަތީފް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

މެއި 6ގެ ހަމަލާއަކީ ސަރުކާރުގެ ފަރުވާކުޑަކަމާ އަޅާނުލުމުގެ ނަތީޖާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާގެ އެތައް ބައިވަރު މައުލޫމާތެއް ލިބި ތިބެމެ އެކަން ނުހުއްޓުނު ކަމަށެވެ.

‏"އެންމެ އިސްކަންދެނީ ރައްޔިތުންގެ އަމާންކަމަށޭ ރައީސް ސޯލިހް ވިދާޅުވާއިރު މާލޭ މަޖީދީމަގުގައި ބޮމެއް ގޮއްވާލައި ރައީސް ނަޝީދު މަރާލަން އުޅޭ ކަމުގެ އެތައް ބައިވަރު މައުލޫމާތެއް ލިބި ތިބެމެ އެކަން ހުއްޓުވުނު ކަމަކަށް ނުވި. 6 މެއިގެ ހަމަލާ އަކީ ސަރުކާރުގެ ފަރުވާކުޑަކަމާ އަޅާނުލުމުގެ ނަތީޖާ" ހަސަން ލަތީފް ވިދާޅުވިއެވެ.

2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން މިހާތަނަށް ނުވަ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

އެ ނުވަ މީހުންނަކީ, ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދާއި, ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމާއި, ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީއާ, އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމްގެ އިތުރުން މ. ކުދެހިގެ، އިސްހާގެވެ. އަދި ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލިމަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!