Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ޕީޕީއެމް މީހުން ގޮވީ ރައީސް ނަޝީދަށް ސަޕޯޓު ނުކުރާ ވާހަކަ، އެމްޑީީޕީ މީހެއްނެތް: ހިސާން

ޕީޕީއެމް މީހުން ގޮވީ ރައީސް ނަޝީދަށް ސަޕޯޓު ނުކުރާ ވާހަކަ،  އެމްޑީީޕީ މީހެއްނެތް: ހިސާން
ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ބ. ތުޅާދޫއަށް ވަޑައިގަތުމުން ބަޔަކު ނުކުމެ މުޒާހަރާކޮށް ނުރުހުން ފާޅުކޮށްފައިވަނިކޮށް ހިސާނާއި ދެކޮޅަށް މުޒާހަރާކުރި މީހުންގެ ތެރޭގައި އެމްޑީޕީ މީހުން ތިބިކަމަށް ބުނެ ފެތުރި ވާހަކަތައް  ހިސާން ދޮގުކުރައްވައިފިއެވެ. އިއްޔެ ހިސާން ތުޅާދޫއަށް ވަޑައިގަތުމުން އޭނާއާއި ދެކޮޅަށް މުޒާހާރާކޮށް އަޑުގަދަކޮށްފައިވާއިރު ހިސާން ވިދާޅުވީ އޭނާއާއި ދެކޮޅަށް އަޑު އުފުލީ ޕީޕީއެމްގެ 10 މީހުން ކަމަށެވެ.
"އަޅުގަނޑު މިހުރީ ތުޅާދޫގައި، ތުޅާދޫ ޕީޕީއެމް 10 މީހުން ނުކުމެ ގަޔަށް ބޮލަށް އަރަން އުޅުނީމަ އަޅުގަނޑުވަށާ އެތިބީ އަޅުގަނޑުގެ ޓީމް މީހުން. އެމްޑީޕީ ކުއްޖެއް އެތާކުނެތް. ޕީޕީއެމް މީހުން ގޮވީ ރައީސް ނަޝީދަށް އަޅުގަނޑު ސަޕޯޓް ނުކުރާ ވަހަކަ. އަޅުގަނޑު ހިތުން މީ އެމްޑީޕީ މީހުންވެސް ވިސްނާލަން ޖެހޭކަމެއް" ހިސާން ވިދާޅުވިއެވެ.
ދައުރުވަމުން  އަންނަ ވީޑިއޯތަކުން ފެންނަގޮތުގައި ހިސާން ތުޅާދޫއަށް ވަޑައިގަތުމުން އޭނާ އާ ދެކޮޅަށް އަޑުއުފުލި މީހުން ވަނީ ސަރުކާރުންވީ އެއްވެސް ވައުދެއް ނުފުއްދާ ކަމަށް ބުނެ ފަހަތުން ހިނގައިފައެވެ. މިގޮތުން ހިސާންގެ ފަހަތުން އެ މީހުން ވަނީ ރަށުގެ އެކި ސަރަހައްދުތަކުގައި އަޑުއުފުލަމުން ހިނގައިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހިސާން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދުކުރައްވާ އެމަނިކުފާނުގެ ކެމްޕޭނުގައި ބައިވެރިވެ ވަޑައިގަންނަވާފައިކަން ފާހަގަ ކޮށްލެވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް