ޚަބަރު ސިޔާސީ

ރައީސް ނަޝީދަށް ތާއީދު ކުރައްވާ ސަބަބު، ދިޔާނާ ވިދާޅުވެދެއްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ކުރީގެ ބަންޑާރަ ނައިބު، ދިޔާނާ ސަޢީދު ވަނީ، ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތާ ގުޅިވަޑައިގެންފައި--

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ، އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވަން ނިންމެވި ސަބަބު، ކުރީގެ ބަންޑާރަ ނައިބު، ފާތިމަތު ދިޔާނާ ސަޢީދު ހާމަކުރައްވައިފިއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދާއެކު، އެމަނިކުފާނުގެ ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިގެންނެވި ދިޔާނާ، "ދިވެހި ޗެނަލް"އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އައްޑޫގެ ރައްޔިތުންގެ ޙާލަތު، މީގެ 40 އަހަރު ކުރިއާ މާ ބޮޑު ތަފާތެއް ނެތް ކަމަށާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، އައްޑުއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވި ނަމަވެސް، އެ ވަޢުދުފުޅުތަކެއް ފުއްދަވައި ނުދެއްވާ ކަަމަށެވެ.

މިގޮތުން އައްޑޫގައި އިތުރު 8،000 ޓޫރިސްޓް އެނދާއެކު، އެތައްހާސް ވަޒީފާއެއް އުފެއްދުމަށް އެމަނިކުފާނު ވެވަޑައިގެންނެވި މުހިންމު ވަޢުދުފުޅުތައް "އިބިލީހުގެ ކައިވެންޏަށް" ނުވަތަ "ބިލާހަކަށް" ވެފައިވާ ކަމަށް ދިޔާނާ ވަނީ ވިދާޅުވެފައެވެ.

"40 އަހަރު ތެރޭގަ އަޅުގަނޑުމެން ބަލާލާއިރު، އަދިވެސް ޙާލަތު މި އޮތީ ހަމަ މިގޮތަށް އައްޑު އަތޮޅުގަ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، މިތަނުގަ(އައްޑު އަތޮޅުގަ) 8،000 ވަޒީފާ "ކްރިއޭޓް" ކުރަން، 8،000 ޓުއަރިސްޓް ބެޑް، ޤާއިމު ކުރަން. އެހެންނަމަވެސް، އަދިވެސް އެ ހަަމަ ބިލާހެއްގެ ގޮތުގައި. އިބިލީހުގެ ކައިވެެނީގެ ގޮތުގައި، މިހާރު މާދަން މާދަން. މިހާރު ރިޔާސީ ދައުރު މި ނިމުނީ."

ދިޔާނާގެ ވާހަކައިގައި އިތުރަށް ވިދާޅުވެފައިވަނީ، އައްޑޫ ސިޓީއަށް މިހައިތަަނަށްވެސް ކޮށްދެއްވި ކަމެއް ކޮށްދެއްވައިފައި ވަނީ، ރައީސް ނަޝީދު ކަމަށެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ފޯރީގައި ކުރިއަށްދާއިރު، މިއަދު އެމަނިކުފާނު ފުވައްމުލަކަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ މި ޕްރައިމަރީގެ ކެމްޕެއިނުގައި، ރައީސް ނަޝީދު އެ ރަށަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ.

Ads by Ooredoo
  1. އައްޑޫ ގަން އެއާރޕޯޓް ތަރައްޤީ ނުކޮށް މިހާރު ހަނިމާދޫ އެއާރޕޯޓް ތަރައްޤީ އެކުރަނީ ކީއްވެތޯ ؟ ނަޝީދުގެ ދައުރުގައި އައްޑޫ އަތޮޅު އޭނާވަނީ އިގިރޭސި އިންޑިޔާ މީހުނަށް ކުއްޔަށް ދީފައި ފައިސާ ނަގާފައި !