Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސްރީލަންކާގެ އައު ސަފީރަކަށް ފާއިޒު

ސްރީލަންކާގެ އައު ސަފީރަކަށް ފާއިޒު

ރާއްޖެއިން ސްރީލަންކާ އަށް ކަނޑައެޅުއްވި އައު ސަފީރު އަލީ ފާއިޒަށް މިއަދު މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ފާއިޒަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފަތްކޮޅު ދެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފާއިޒަކީ މިދިޔަ އަހަރު އަހަރު ފޮރިން މިނިސްޓްރީގެ ނައިބުކަމާއި 2021 ގައި ޕޮލިސް ބޯޑުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

Advertisement
Allied — Dhen Online (box)

އަދި އޭނާ އަކީ ކުރިން ބ. އަތޮޅުގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައި، ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވައިފައެވެ.

ދެހާސް ބާރައިގައި ފާއިޒު ވަނީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމު ވެސް ފުރުއްވައިފައެވެ.

ފާއިޒު ލަންކާގެ ސަފީރަކަށް ކަނޑައަޅަން މަޖިލީހުން ރުހުން ދެއްވައިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28ގައެވެ.   ލަންކާގެ ސަފީރުކަށް ފާއިޒު އައްޔަން ކުރަން ނިންމީ އެ ގައުމުގެ ސަފީރުކަމުގެ މަގާމުގައި ކުރިން ހުންނެވި އުމަރު އަބްދުއްރައްޒާގު ކިންގްޑަމް އޮފް ބެލްޖިއަމަށް ކަނޑައެޅި ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ކަނޑައެޅި ސަފީރުކަށް އައްޔަން ކުރުމާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް