ޚަބަރު ސިޔާސީ

ދެ ރައީސުންގެ ކެމްޕެއިން ނިންމައިލާ ޖަލްސާތައް މިރޭ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް މުޙައްމަދު ނަޝީދު--

މި ހަފްތާގެ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެމްޕެއިންގެ ފަހު ހަރަކާތްތައް މިރޭ އޮންނާނެއެވެ.

Ads by STELCO

އެގޮތުން މި އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ނިންމާ ހަރަކާތް އޮންނާނީ މިރޭ 8:30 ގައި އައްޑޫ ސިޓީ ހިތަދޫ ސްޓޭޖް ސަރަހައްދުގައެވެ. މި ޖަލްސާގައި ރައީސްވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ.

ޕްރައިމަރީގައި ރައީސާ ވާދަކުރައްވާ ނަޝީދުގެ ކެމްޕޭން ނިންމާ ޖަލްސާ އޮންނާނީ މިރޭ 8:30 ގައި މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ. އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންވެސް ވަނީ ކެމްޕެއިނަށް ވަރަށް ގިނަ ރަށްތަކަށް ވަޑައިގަންނަވައިފައެވެ.

ދެ ބޭފުޅުންވެސް ވަރަށް ފޯރި ގަދަ ކެމްޕެއިނެއް ކުރެއްވި މި އިންތިޚާބުން ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމަށް ދެ ރައީސުންވެސް ދެކިލައްވައެވެ.

ރައީސް ނަޝީދު ވިދާޅުވަނީ އަސްލު އެމްޑީޕީއަށް ރުޖޫޢަވުމަށްޓަކައި ވޯޓު ދޭންވީ އެމަނިކުފާނަށް ކަމަށެެވެ. ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވަނީ، މި ޕްރައިމަރީގައި އެ މަނިކުފާނަށް ވޯޓު ނުދީފިނަމަ، ރައްޔިތުން މަގުމަތިވާނެ ކަމަށާއި، މިހާރު އޮތް ހަމަޖެހުން ގެއްލިގެންދާނެ ކަމަށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!