ޚަބަރު ސިޔާސީ

އިންތިހާބު ހޫނުވެ، ވޯޓު ފޮށިތައް ފަޅަންފަށައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: އެމްވީ ކްރައިސިސް

މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބު ހޫނުވެ، ބައެއް ރަށްރަށުގައި ވޯޓުފޮށިތައް ފަޅަން ފަށައިފިއެވެ.

Ads by STELCO

މިއަދު ހެނދުނު 9:00 ގައި ފެށި އިންތިހާބުގެ ވޯޓުލުން ފެށުނީއްސުރެ އެކިއެކި މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.  ވޯޓުލާ ބައެއް މަރުކަޒުތަކުގައި މައްސަލަ ހޫނުވެފައިވަނީ ވޯޓާރސް ލިސްޓުގައި ނެތް މީހުން ވޯޓު ލީކަމަށް ބުނެއެވެ. މިއާއެކު ބައެއް ވޯޓްފޮށިތަކުގެ ވޯޓްލުން ހުއްޓުވައި ހަމަނުޖެހުންވަނީ ހިންގައިފައެވެ.

ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި މިހާރު ބައެއް ރަށްރަށުގެ ވޯޓު ފޮށިތައް ވަނީ ފަޅާލައި ވޯޓްލާ މަރުކަޒަށް ގެއްލުންވެސް ދީފައެވެ.

މިގޮތުން ގދ. ގައްދޫ، ގދ. ތިނަދޫ އަދި ތ މަޑިފުށީގެ ވޯޓް ފޮށި ފަޅާލައިފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ އިތުރުން ގދ ރަތަފަންދޫގައި ބަހައްޓާފައިވާ ވޯޓުފޮށި ވެސް ވަނީ ފަޅައިލައިފައެވެ.

މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާއިރު ގިނަ މައްސަލަތަކާއި ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ. އަދި ވޯޓު އޮޅުވާލުމަށް މަސައްކަތްކުރާކަމުގެ ތުހުމަތު އެއްބަޔަކު އަނެއްބަޔަކަށް ދަނީ ކުރަމުން ކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!