ޚަބަރު ސިޔާސީ

އެމްޑީޕީ ޕްރައިމަރީ: ހައްޔަރުގައި ތިބި ރައީސް ނަޝީދުގެ ސަޕޯޓަރުން ދޫކޮށްލަން ގޮވާލައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

މިއަދު ހެނދުނު ފެށިގެން ކުރިއަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ތެރެއިން ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކާއި އޮބްޒާވަރުންތަކެއް ހައްޔަރުކޮށްފި ކަމަށާއި އެމީހުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ރައީސް ނަޝީދު ގޮވާލައްވައިފިއެވެ.

Ads by STELCO

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވޯޓު ފޮށި ފަޅައިގެން މިއަދު މެންދުރު ހައްޔަރު ކުރީ ގދ. ރަތަފަންދޫގައި ތިބި ރައީސް ނަޝީދުގެ މަންދޫބަކާއި އެމަނިކުފާނުގެ ފަރާތްޕުޅުން ހަރަކާތްތެރިވި ދެ އޮބްޒާވަރެކެވެ. މީގެ އިތުރުންވެސް އެމަނިކުފާނަށް ތާއީދު ކުރާ ފަރާތެއް ވަނީ ޕްރައިމަރީ ތެރެއިން ހައްޔަރުކޮށްފައެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު ދާދި ދެންމެއަކު ވިދާޅުވީ ބައެއް ވޯޓު ފޮށިތައް ކައިރިން ހައްޔަރު ކުރި މީހުން ދޫކޮށްލަން ގޮވާލާ ކަމަށެވެ.

"އަދި ވޯޓު ގަޑުބަޑު ކުރާ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލަން" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ޕްރައިމަރީއާއި ގުޅިގެން އެތައް ޝަކުވާތަކެއް ދަނީ ފެންމަތި ކުރަމުންނެވެ.

ބައެއް ވޯޓު މަރުކަޒުތަކުގައި ވޯޓުލުން ހުއްޓުވި ގޮތަށް އަދިވެސް ވޯޓުލާން ނުފަށައެވެ. އަނެއްބައި މަރުކަޒުތަކުގައި ފުލުހުންގެ ބެލުމުގެ ދަށުން ވޯޓުލުން ވަނީ ފަށައިފައެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ވިދާޅުވަނީ ޕްރައިމަރީގެ ވޯޓުލުން ގަޑުބަޑު ކުރަމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އެންގުމުގެ މަތިން ކަމަށެވެ. އެހެންނަމަވެސް ރައީސް ޞާލިހުގެ ޓީމުން ބުނަނީ ރައީސް ނަޝީދުގެ ސަޕޯޓަރުން ގަޑުބަޑު ކުރަން މަސައްކަތް ކުރަނީ ބަލިވާނެކަން ޔަގީންވާތީ ކަމަށެވެ.

ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 57،000 މީހުންގެ ތެރެއިން މިހާތަނަށް ވޯޓު ލާން ނިކުތީ އެންމެ 20 އިންސައްތަ މީހުންނެވެ.

Ads by HDC
  1. ސޭކުސްތާން

    ތިޔައީ ތިމާމެންގެއަމިއްލަ ވޯޓެއް ނަގަމުންދާއިރު ކަންކަން ހުރިމިންވަރު،ޑިމޮކްރަސީގެ ތޫފާނެއްއަރާ ވޯޓްފޮށިތަށްފުނޑާލިއިރު،ސިޔާސީ މީޓިއޮރޮލޮޖީން ޔެލޯއެލާރޓް ނެރެލަންްވެސް ނޭނގުނެއްނު..ޔޫރަޕައް ސުނޯފައިބާހެން ޑިމޮކްރެސީ ފައިބަނީ..އެމްޑީޕީމެމްބަރުންގެބޮލަށް!ދެކެޕްޓަނުންްނަށް ސަބާސް.