ޚަބަރު ސިޔާސީ

އެމްޑީޕީގެ މުސްތަޤުބަލާ ދޭތެރޭ ކަންބޮޑުވެ ހިތާމަކުރަން:ޝިޔާމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް--

އެމްޑީޕީގެ މުސްތަޤުބަލާ ދޭތެރޭ ކަންބޮޑުވެ ހިތާމަކުރައްވާކަމަށާއި ޤައުމު ހަމަމަގަށް ދެން ވެސް އެޅުވޭނެ ސިޔާސީ ފިކުރަކީ ޕީޕީއެމް ކަމަށް އެޕާޓީގެ ނައިބު ލީޑަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު ކުރިއަށް ގެންދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ހިނގައިދިޔަ ހަމަ ނުޖެހުންތަކުގެ ވީޑިއޯތަކެއް ޓްވިޓާގައި ހިއްސާކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރ ޝިޔާމް ވިދާޅުވީ 17 އަހަރު އެމްޑީޕީ ކުރި ދަތުރުން ދަސްވި މިންވަރަކީ މިއީ ކަމަށްވާނަމަ ހިތާމަހުރިކަމަށެވެ.

މިއަދު ކުރިއަށް ގެންދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ގިނަ ހަމަނުޖެހުންތަކެއް ހިނގާ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު މިއިންތިހާބުގައި ބޭނުން ކުރި ވޯޓް ފޮށިތަކެެއް ފެޅި މައްސަލައިގައި ރައީސް ނަޝީދުގެ އޮބްޒާވަރުންތަކެއް ވަނީ ހައްޔަރު ކޮށްފައެވެ.

އެހެންނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގެ ކަންކަން ޖުމްލަގޮތެއްގައި ދަނީ ރަނގަޅަށް ކަމަށް އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްމާއިލްވަނީ ވިދާޅުވެފައެވެ. އިންތިޚާބުގެ ކަންކަމާއި ބެހޭގޮތުން "ދެން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ ވޯޓު ފޮށިތަކަށް ހަމަލާ ދިނުން އެއީ ރޭވިގެން ކުރިއަށް ގެންދާ ކަމެއްކަމަށެވެ.

Ads by Ooredoo
  1. ވާނުވާ

    މުސްތަގުބަލް ދަންނަނީބާ؟�

  2. ވޯޓް ވިއްކި ގަމާރު

    ވޯޓް ލާބަޔެއް ވޯޓާ ހެދި ހަމަނުޖެހުން ހިންގާނީވެސް. ތަބަކަށް ލައިފަ ދިނުން އެއް މުސްތަގްބަލް ބާ…. ދެން މޑޕ ފެންނާނީ ތަފާތުކޮށް މިއީ މާޒީގަވެސް މިކަން ހިގާފައި ވާގޮތް