މިއަދު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބުގައި ހިނގި ހަމަނުޖެހުންތަކެއްގައި ހައްޔަރު ކުރި ރައީސް ނަޝީދުގެ އިންތިހާބީ 2 އޮބްޒާވަރުން ދޫކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުންގެ ބަންދުން މިދެމީހުން ދޫކޮށްލާފައިވާއިރު މިމީހުން ހައްޔަރުކޮށްފައިވަނީ ޕްރައިމަރީގައި ވޯޓުލުމަށް އެ ރަށުގައި ބެހެއްޓި ވޯޓު ފޮށި ފަޅާލި ކަމުގެ ތުހުމަތުގަ އެވެ. މީގެ އިތުރުން އިންތިހާބީ ހަމަނުޖެހުންތަކުގައި ގދ. ތިނަދޫއިން ވެސް ދެމީހަކު ހައްޔަރުކޮށްފައިވާއިރު އެދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ގިނަ ވޯޓު ފޮށިތަކެއްގެ ކައިރީގައި ހަމަނުޖެހުން ހިންގައި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. ބައެއް ވޯޓު ފޮއްޓަށް ވޯޓު ލެވޭ މީހުން ލިސްޓުގައި ނަން ނެތް މީހުންވެސް ވޯޓުލާފައިވާ ޝަކުވާތަކެއް ވަނީ ފެންމަތިވެ ހަމަނުޖެހުން ހިނގާފައެވެ.
މިއަދު މެންދުރު ގައްދޫ އިންތިހާބު މަރުކަޒުގައި ހަމަނުޖެހުން ހިންގައި އެތަނުގައި ބަހައްޓާފައި ހުރި ފޮށިވެސް ވަނީ ފަޅާލައިފައެވެ. އެރަށުގެ ވޯޓާސް ލިސްޓު އިރާލައި ވޯޓު ކަރުދާސްތައްވެސް ވަނީ ވީދައި ކުދިކޮށްފައެވެ.