ޚަބަރު ސިޔާސީ

މިއީ ކޮރަޕްޝަނާ ފަސާދައިގެ އިންތިޚާބެއް: ބޮންޑޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)/ ފޮޓޯ: މަޖިލިސް

މިއަދު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބު އެއީ ކޮރަޕްޝަނާ ފަސާދައިގެ ގުންޑާ އިންތިޚާބެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ވޯޓުގުނަން ފަށައި ނަތީޖާ އާއްމު ކުރަން ފަށާފައިވާއިރު އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ރައީސް ނަޝީދުގެ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނަ މިދަނޑިވަޅުގައި ބޮންޑޭ ވިދާޅުވީ މިއީ ހަޑިމުޑުދާރު އިންތިހާބެއްކަމަށެވެ.

"ރައީސް ނަޝީދަށް ތާއީދުކުރާ 39000 މެމްބަރުން ޕާޓީން ބޭރުކޮށްް އަދި ބައެއް މެމްބަރުން އެކިޕާޓީތަކަށް އަރުވާލުމައްފަހު ބޭއްވި މި ހަޑިމުޑުދާރު އިންތިހާބު, ޑިމޮކްރަސީއަށް ލޯބިކުރާ އެއްވެސް ދިވެހި ރައްޔިތަކު ބަލައެއް ނުގަންނާނެ. މިއީ ކޮރަޕްޝަނާ ފަސާދައިގެ ގުންޑާ އިންތިހާބެއް" ބޮންޑޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް، ވަނީ މާލޭގެ ދާއިރާތަކުގެ ވޯޓުގެ %51 ހޯއްދަވައިފައެވެ.

މިއީ ދައުލަތުގެ ދެ ބާރެއްގެ ވެރިޔަކު ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރެއްވި ފުރަތަމަ ފަހަރެވެ. މި އިންތިހާބަކީ އެމްޑީޕީގެ ތާރީހުގައިވެސް ބޭއްވުނު އެންމެ ވާދަވެރި އިންތިހާބެވެ. ރައީސް ޞާލިޙް އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓް އެމަނިކުފާނަށް ވަނީ ކަށަވަރުކުރައްވާފައެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 30،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެއެވެ.  މި އިންތިހާބުގައި 243 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

  1. ބޮޑޭ

    ބޮންޑޭ ހަޖަމް ޕްލީސް.