ޚަބަރު ސިޔާސީ

އެކުގައި ކުރިއަށް ދާން ރައީީސް ނަޝީދަށް ދައުވަތު ދޭނަން: ރައީސް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަންނަ ރިޔާސީ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރަން ރައީސް ނަޝީދަށް ދައުވަތު ދެއްވާނެ ކަމަށް މިއަދު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީ  ކާމިޔާބު ކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދުގެ ކާމިޔާބީއާއި ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެކީގައި ކުރިއަށް ދިޔުމަށް ހުރިހާ ބޭފުޅުންނަށް ދައުވަތު ފޮނުވާނެކަމަށެވެ.

"އާދޭ އަޅުގަނޑު ދާނީ ޕާޓީއާއެކީގައި ހުރިހާ ބޭފުޅުންނަށް އިންވައިޓް ކުރާނަން" ރައީސް ވިދާޅުވިއެވެ.

މިއާއެކު އެއީ ރައީސް ނަޝީދުވެސް ހިމެނޭތޯ ނޫސްވެރިޔާ އެހުމުން ޖަވާބުގައި ރައީސް ވިދާޅުވީ "އާދެ އާދެ" ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މެމްބަރުންނާއި އެކީގައި ދާން ތައްޔާރުކަމަށާއި އިރާދަ ކުރެއްވިއްޔާ މިއައްވުރެ މާފަސޭއިން ކެމްޕޭންކޮށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު ތަފާތަކުން ރައީސް ޞާލިހު ކާމިޔާބު ކުރައްވާފައިވާއިރު، އިންތިޚާބު ވަނީ ގަޑު ބަޑު ކުރައްވާފައިކަމަށް ވާދަވެރި ކެންޑިޑޭޓު ރައީސް ނަޝީދުގެ ޓީމުން ދަނީ ތުހުމަތު ކުރައްވަމުންނެވެ.

  1. ލަކުޑި

    ދަޢުވަތު ދިނަސް ނައަރާަނެ ނުވެސް ކެރޭނެ