ޚަބަރު ސިޔާސީ

ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓު އެރުވުން އަންނަ މަހު

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އެރުވުން އޮންނާނީ އަންނަ މަހު ކަމަށް އެ ޕާޓީން ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ އަންނަ މަހުގެ މެދުތެރޭގައި ރައީސް ޞާލިޙަށް ރަސްމީކޮށް ޕާޓީގެ ޓިކެޓު ހަވާލުކުރާނެ ކަމަށެވެ.

އަދި ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ފަސް ދުވަހުގެ ތެރޭގައި އިއުލާނުކުރާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.

އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ އިންތިޚާބު، ރައީސް މުޙައްމަދު ނަޝީދާއި ވާދަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކާމިޔާބުކުރެއްވީ ތަފާތު ބޮޑު ނަތީޖާއަކާއެކުއެވެ.

މުޅި ޕްރައިމަރީގެ ނަތީޖާ ދައްކާގޮތުން ހުރިހާ އަތޮޅަކުންވެސް ކުރި ހޯއްދެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހެވެ. މުޅި އިންތިޚާބުން ރައީސް ޞާލިޙަށް ލިބިވަޑައިގަތީ %61 ވޯޓެވެ. އެއީ 24،572 ވޯޓެވެ. މި އިންތިޚާބުން ރައީސް ނަޝީދަށް ލިބިވަޑައިގަތީ %39 ވޯޓެވެ. އެއީ 15،631 ވޯޓެވެ.

Ads by Ooredoo
  1. ޓިކެޓޭބިޔާ

    އެމްޑީޕީއިން ބޭރުނުކޮށް ބަހައްޓާފައި ހުރި އެޕާޓީއަށް ބޭވަފާތެރި އަދި ޚިޔާނާތްތެރި ރައީސް އަންނި ބުނަނީ ތިމަންނަގެ އަތަކުން އިބޫއަކާއި ޓިކެޓެއް ހަވާލެއް ނުކުރާނަމޯ.

    • ާައާފް

      ސަރުކާރުގެ ނުފޫޒާއި ބާރުން ވަޒީފާގެ ބިރުދައްކައިގެން ހޯދާ ވޯޓަކުން، ޚަރާބު ކޮށްލި އިންތިޚާބަކުން ހޮވޭ މީހަކަށްރިޔާސީ އިންތިޚާބުގަ ވޯޓްދޭކަށެއް ނެތިން