Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީން އަނބުރާ ފޮނުވާލެވޭ ޤަވައިދެއް

ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީން އަނބުރާ ފޮނުވާލެވޭ ޤަވައިދެއް

ދިވެހިރާއްޖެއަށް ވައިގެ މަގުން އަންނަ ބޭރު މީހެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެނަމަ، އެ މީހަކު ރާއްޖޭން ފޮނުވާލުމުގެ ބާރު ލިބިދޭ ގޮތަށް ޤަވައިދެއް އެކުލަވާލައިފިއެވެ.

މިހާރު ގެޒެޓް ވެސް ކޮށްފައިވާ އިމިގްރޭޝަންގެ މި ޤަވައިދުގައި ވަނީ ވައިގެ މަގުން ރާއްޖެ އަށް އަންނަ ބިދޭސީއަކު މަސްތުވާއެއްޗެއް އެތެރެކުރަން އުޅޭކަން ޝައްކު ކުރެވޭ ނަމަ އެ މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީ ހިފެހެއްޓުމުގެ އިޚްތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށެވެ.

ލަގެޖްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވުމާއި، މަސްތުވާތަކެތި އުފުލުމުގައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުން ކުރާކަމަށް ނުވަތަ އެ މީހަކު ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިއްްޖެނަމަ، އެ މީހަކު އަނބުރާ ފޮނުވައިލެވޭނެ ކަމަށް ޤަވައިދުގައިވެއެވެ.

Advertisement
Allied — Dhen Online (box)

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލަ އަކީ ބޮޑުވެފައިވާ މައްސަލައަކަށް ވާއިރު،

މި ޤަވައިދުގައި އެގޮތަށް ކަނޑައަޅާފައި އޮތަސް އެ މީހަކު ރާއްޖެ އަށް އެތެރެވުމުގެ ހުއްދަ ދެވިދާނެ ވަކި ހާލަތްތަކެއް ވެސް ވަނީ ބަޔާން ކޮށްފައެވެ.

އޭގެ ތެރޭގައި މައްސަލައިގެ ތަހުޤީޤަށް އެއްބާރުލުން ދޭން އެއްބަސްވުން ހިމެނުން ހިމެނެއެވެ. އަދި އެ އެކަން ކުރަން ވާނީ އެ މީހަކު ރާއްޖެ އައި އެއާލައިނަކުން އޭނަ އަަށް އެނބުރި ގައުމަށް ފުރޭނެ އިންތިޒާމު ހަމަޖެއްސުމަށް ފަހުގައި ކަމަށްވެސް ވަނީ ބަޔާން ކޮށްފައެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް