ޚަބަރު ސިޔާސީ

ރައީސްއަށް ތާއީދު ނުކުރަން، އެމްއާރްއެމުން ނުނިންމާ: ޔުމްނާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދުނުކުރަން މިހައިތަނަށް ނިންމާފައިނުވާނެކަމަށް އެ ޕާޓީގެ ކައުންސިލް މެންބަރު ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

Ads by STELCO

ޔުމްނާ މިހެން ވިދާޅުވީ އެމްއާރުއެމުން ރައީސް ޞާލިޙަށް ތާއީދެއް ނުކުރާނެ ކަަމަށް، އެ ޕާޓީއާ ހަވާލާދީ ނޫހެއްގައި ލިޔެފައިވާ ޚަބަރެއް ހިއްސާ ކުރައްވައި، ކުރެއްވި ޓްވީޓެއްގައެވެ.

ހޮނިހިރު ދުވަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް، އެ ޕާޓީގެ އިސް ލީޑަރު، ރައީސް ޞާލިޙް 61 އިންސައްތައިގެ ވޯޓާއެކު ކުރި ހޯއްދެވިއެެވެ.

އެމްއާރުއެމުން ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދެއް ނުކުރާނެކަމަށް ގެނެސްދީފައިވާ ޚަބަރު ދޮގުކުރައްވައި ޔުމްނާ ވިދާޅުވީ، އެމްއާރްއެމުން އެފަދަ ނިންމެވުމެއް ނުނިންމަވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޞާލިހު ވަނީ، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކޯލިޝަނާއެކުގައި ނުކުންނެވުމުގެ ވިސްނުން ހާމަ ކުރައްވައިފައެވެ. އަދި ކޯލިޝަނުގެ ބައިވެރިންގެ ތާއީދު އެމަނިކުފާނަށް އޮތް ކަމަށް ޔަޤީން ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!