ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

" ކައިސަން...". ނަވަލްގެ ތުންފަތް ފޫއަޅުވާލުމަށްފަހު ބޭރުވިއެވެ.

Ads by MWSC

**************

އުމައިރްގެ އަޑާއެކު ކުލްސޫމްއާއި ދާވޫދުގެ ސަމާލުކަން ވެސް އޭރު ދޮރުމަތީ ހުރި ކައިސަންއަށް ހުއްޓިއްޖެއެވެ. މީގެ ކުރިން ދުވަހަކުވެސް އުމައިރް އެހާ ރުޅިގަދަ ވެފަ ހުރި މަންޒަރެއް އެއިން މީހަކު ދެކެފައި ނެތެވެ. ވީއިރު އެ ޒުވާނާއަކީ ކާކުތޯ ކުލްސޫމްގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނާ ދެން ބަލާލީ ކައިރީ ހުރި އަންހެން ދަރިފުޅަށެވެ. ނަވަލްގެ ލޮލުގައި ޖަމާވެފައިވީ ކަރުނައާއި އެ މޫނުން ފާޅުވާން ހުރި އަސަރުތަކުން ކުލްސޫމްއަށް އެއްޗެއް ވިސްނުނުފަދައެވެ. ދާވޫދްއަށް ބަލާލަމުން މަޑުމަޑުން ކުލްސޫމްއަށް ބޯ ހޫރުވާލެވުނެވެ. ވަމުންދާގޮތް ފަހުމް ނުވި ނަމަވެސް ދާވޫދް އެ ޒުވާނާއާއި ދިމާލަށް ހިނގައިގަތެވެ.

ކައިސަންގެ ނަޒަރު އަމާޒުވެފައިވީ ދުރުގައި ހުރި ނަވަލްއަށެވެ. ހިނދުކޮޅެއް ތެރޭ އެ ތަނަވަސް ނިތްކުރިން ދާތިކިތައް ވިދާ ބަބުޅަން ފެށިއެވެ. ނަވަލްގެ ލޮލުގައިވި ކަރުނަތަށް ކައިސަންގެ ހިތަށް ތަދުކުރުވިއެވެ. އެ ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ ހުދު އަމިއްލަ ނަފްސުކަމުގައި ކައިސަންއަށް ގަބޫލު ކުރެވުނެވެ. އުމައިރްގެ ބަސްތަކަށް ބީރުކަންފަތެއް ދެމުން ކައިސަން ކުރިޔަށް ފިޔަވަޅެއް އަޅާލިއެވެ. އެހެނަސް އެއާއެކު ދެވަނަ ފަހަރަށް އުމައިރްގެ ހަޅޭކުގެ އަޑު އިވި ކައިސަންގެ ފިޔަވަޅުތައް މަޑުވިއެވެ. އޭނާ ނަވަލްއަށް ބަލާލީ އާދޭހުން ފުރިގެންވީ ބެލުމަކުންނެވެ.

" އެއްފަހަރު ބުނީމަ އަޑެއް ނީވުނުތަ؟ އައި ތަނަކަށް ދާން އުޅޭ. މިތާކު ނެތް ކައިސަންއާ ގުޅުން ހުރި މީހެއް" އުމައިރް ބުނެލިއެވެ. ކައިސަން އެއްޗެކޭ ބުނަން ތުންފަތް ހަރަކާތްކޮށްލިއެވެ. އެހެނަސް އެއަށްވުރެ ކުރިން ވާހަކަ ދެއްކީ ނަވަލްއެވެ.

" ދޮންބޭ! އޭނަ ވައްދާ އެތެރެއަށް". ނަވަލްގެ އަޑު އިވި އުމައިރް ބަލާލީ ގަބޫލުކުރަން ދަތިވެފައި ހުރެއެވެ. ހިތްހަމަނުޖެހުނު ނަމަވެސް ނަވަލްގެ ނިންމުން އުމައިރް ގަބޫލުކުރިއެވެ. އެހެނަސް އޭނާ މޫނު އަނބުރާލައިފިއެވެ. ކައިސަންގެ ސޫރަ ވެސް ދެކެން ބޭނުން ނުވާ ފަދައަކުންނެވެ.

އެތެރެއަށް ވަދެގެން އައި ކައިސަންއަށް ވަކި ވަކިން އެތާ ތިބި މީހުންގެ މޫނުތަކަށް ބަލާލެވުނެވެ. ހުސް ދެކެފަރިތަ މޫނުތަކެވެ. އެހެނަސް އޭނާގެ ނަފްސުވީ ހަލަބޮލިވެފައެވެ. އެ ހުރިހާ އިރުވެސް ނަވަލްގެ ނަޒަރު ކައިސަންގެ މޫނުން ވައްކެތްނުވެއެވެ. އެހެނަސް އެއީ ފިނި ބެލުމެއްކަން ބުނަން ކައިސަންއަށް އުނދަގުލެއް ނޫނެވެ.

ހުދު ކަފުނުގެ ތެރޭ އޮތް ތުއްތު ހަށިގަނޑު ކައިސަންއަށް ފެނުނީ ދެނެވެ. ހިސާބަކަށް މީހާ ގަނޑުވިކަހަލައެވެ. އެސްފިޔަޖަހާލަން ވެސް އެހިނދުކޮޅު ކައިސަން ހަނދާން ނެތް ފަދައެވެ. ސިކުންތުކޮޅެއްގެ ތެރޭ ކުލަމަންޒަރެއް ފަދައިން މާޒީގެ އެތަށް ހަނދާންތަކެއް ކައިސަންގެ ސިކުނޑިއަށް ވެރިވެގަތެވެ. ލޯބި ލޯބި އަންހެންކުއްޖެކެވެ. ހިނިތުންވެލަން ބޭނުންވިޔަސް ކައިސަންއަށް އެކަމެއް ނުކުރެވުނެވެ. އެ ތުއްތު މޫނުކޮޅު ފެނުމުން އެ ހިތް މަޑުކަފަކޮޅަކަށް ވެއްޖެއެވެ. ކައިސަންއާ ނުހަނު ވައްތަރެވެ. ނަވަލްގެ ކުޑަ ނޭފަތްކޮޅެވެ. ހިމޭންވެފައި އޮތް ނަމަވެސް އެ މޫނުގައި ހިނިތުންވުމެއްވި ކަހަލައެވެ. އަރާމު ނިންޖަކުން ނިދާފައި އޮތްފަދައެވެ. ދެންމެ ދެންމެ އެސްފިޔަތަށް ހަރަކާތްކޮށްލާނެހެން ހީވެއެވެ. އެ ހަށިގަނޑު ގެނެސް ބައްދާލަން ކައިސަންގެ ހިތް އެދުނެވެ. ލޯބިން އެ މޫނުގައި ބޮސްދޭން ބޭނުންވިއެވެ. އެ ހިޔާލާއެކު ކައިސަންއަށް ނޫރުއާ ދިމާލަށް ފިޔަވަޅެއް އަޅާލެވުނެވެ. އެ މޫނުގައި ފިރުމާލަށް އަތް ދިއްކޮށްލެވުނެވެ. އެނަސް ނަވަލް އެއަށްވުރެ ހުށިޔާރެވެ. ކައިސަންގެ ކޮންމެ ހަރަކާތަކަށް ސަމާލުވެ ހުރިކަން އެނގެއެވެ.

" މޫނު ފެނިއްޖެއެއްނު. ޔޫ ކޭން ލީވް ނައު". ނަވަލްގެ އަޑު މަޑެވެ. ރޮއެ ރޮއެ އެ އަޑު ކުރެހިފައިވިއެވެ.

" ނަވަލް ޕްލީޒް. އާދޭސްކޮށްފަ މި ބުނަނީ. ޕްލީޒް ފޮގިވް މީ" ކައިސަން ބުންޏެވެ. އެހިނދު ނަވަލްގެ ނަޒަރު ކައިސަންއާ އަމާޒުވިއެވެ.

" މާފު؟ ކައިސަންއަށް މާފު ހައްގުތަ؟ ކިހާ ވަރަކަށް އަހަރެން އާދޭސް ކުރިން؟ ނޫރުއަށް ބަލިވެ އިންކަން އެނގުނީމަ ކައިސަން އަށް އެނގުނުތަ ކުރަންވީ ކަމެއް؟ ކައިވެނި ކުރަން އެދި އަހަރެން އާދޭސް ކުރި ހަނދާން ނުވޭތަ؟ ކައިސަން އޭރު ނުބުނަންތަ ނޫރު އަކީ ކައިސަންގެ ދަރިއެއްކަން އަހަންނަށް ސާބިތުކޮށްދެވޭނެހޭ؟ މާތްﷲ ހުރިހާ ކަމަކަށް ވެސް ކުޅަދުންވަންތަވެ ވޮޑިގެންވޭ! މިތާ ތިބި ކޮންމެ މީހަކަށް ވެސް ކައިސަންއަކީ ނޫރުގެ ބައްޕައޭ ބުނަން ޔަގީންވާހާ އެ ދަރިފުޅު ކައިސަންއާ ވަައްތަރު. ދަރިފުޅު އެބޯޓް ކުރާށޭ ބުނި ހަނދާންވޭތަ؟ މިހާރު ކޮން ދަރިއެއް؟ ކައިސަންގެ ދަރިއެއް އަހަރެން ނުވިހަން. އަހަރެއް ކިތަށް ފިރިހެނުން ކައިރިއަށް ދިޔަތޯ ކައިސަން ނާހަންތަ؟ ކައިސަންގެ ދަރިއެއް ހުރި ނަމަ މި ހުރިހާ ދުވަސްވީ އިރު އެ ދަރިފުޅު މަތިން ހަނދާންވިތަ؟ އެންމެ ފަހަރަކު ކުރެވުނު ކުށަށް ހެޔޮ ގޮތުގަ ތައުބާވާން ހިތަށް އެރިތަ؟ މަރުވެފަ އެ އޮތީ ކައިސަންގެ ދަރިއެއް ނޫން. އެއީ އަހަރެންގެ ދަރިއެއް. މާފު ބޭނުންވިއްޔާ ކިހިނެތް އަހަރެން މާފު ކުރާނީ؟ ކައިސަންގެ "ބޮޑު މިސްޓޭކް" ވެސް މި ދުނިޔެމަތިން ފޮހެވިގެން ދިޔައީ! އަހަރެން މާފު ކުރިއްޔާ ނޫރު އެނބުރި ގެނެވޭނެތަ؟ އެކުއްޖާއަށް ހައްގުވި ބައްޕައެއް ލޯބި ދެވޭނެތަ؟" ހިނދެއް ހިނދަކަށް ނަވަލްގެ އަޑު ބާރުވިއެވެ. ގިސްލެވެން ފެށުމާއެކު ނަވަލްއަށް ތިރިވެވުނެވެ. މޫނުގައި އަތް އަޅާލި ގޮތަށް އެ ވޭނީ ރުއިމުގެ އަޑު އެތަނުގައި ގުގުމާލިއެވެ.

ކައިސަންއަށް ހުރެވުނީ ހިމޭންވެފައެވެ. ނަވަލްގެ ބަސްތައް އެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އޭނާއަށް މާފު ހައްގު ނޫންކަން ނަވަލް ބުނެދީފިއެވެ. އިތުރަށް އެތަނުގައި މަޑު ކުރާނޭ ހިތްވަރެއް ކައިސަންގެ ނެތެވެ. ފަހު ފަހަރަށް ނޫރުގެ މޫނަށް ބަލާލުމަށްފަހު ކައިސަން ނުކުތެވެ. އޭރު އެ ދެލޯ ފެންކަޅިވެފައިވިއެވެ. އެހެނަސް މިހާރު އެ ކަރުނައިގެ އެއްވެސް އަގެއް ނެތެވެ. އެކަން ހުދު ކައިސަންއަށް ވެސް ގަބޫލު ކުރެވެއެވެ.

ފާއިތުވެ ދިޔަ ދުވަސްތަކުގައި ނަވަލްގެ ހުރިހާ ކަމެއް ނުހަނު ގާތުން ކައިސަން ބެލިއެވެ. ނަވަލްގެ ކޮންމެ ހަރަކާތަކަށް ކައިސަން ހުރީ ފާރަވެރިވެގެންނެވެ. ނޫރު ބަލިކަން އެނގުނީ ވެސް އެހެންވެއެވެ. ކައިސަން ހުރީ ނަވަލް ކައިރިން މާފަށް އެދެން މާ ކުރިން ވެސް ނިންމައިގެންނެވެ. އޭނާ މަޑުކުީ ނޫރު ރަނގަޅުވާން ދެނެވެ. އެހެނަސް ތަގުދީރުގެ ރޭވުން ވެސް މިފަހަރު ކައިސަންއާ އެއްބައި ނުވީއެވެ.

ނަވަލްގެ ވާހަކަތަކުން ކުލްސޫމްގެ ހީ ޔަގީންކުރެވުނެވެ. މި ހުރިހާ ދުވަސްވީ އިރުވެސް ނަވަލްގެ ދުލުން އެ ޒުވާނާއާ ގުޅޭ ވާހަކައެއް ބުނެފައި ނެތެވެ. އެވަގުތު ނަވަލްގެ ހިތަށް ކުރާނެ އަސަރު ކުލްސޫމްއަށް އަންދާޒާ ކޮށްލެވުނެވެ. ދަރިއެއްގެ އިހްސާސްތައް އެންމެ ރަނގަޅަށް އެނގޭނީ މައިމީހާއަށެވެ.

ނޫރުގެ ޖަނާޒާ ނިމުނު އިރު ނުވައެއް ޖެހުމަކާ ގާތްވެއްޖެއެވެ. ގެއަށް ދިޔަ ގޮތަށް ނަވަލް ވަނީ ކޮޓަރިއަށެވެ. ކުލްސޫމް ފަހަތުން ދާން އުޅުމުން ހުއްޓުވީ ދާވޫދްއެވެ. މިވަގުތު ނަވަލް އެކަނިވެލަން ބޭނުންވާނެ ކަމުގައި ބުނެ ކުލްސޫމްއަށް ވިސްނުވައިދިނެވެ.

" ނަވަލްއަކީ ވިސްނޭ ކުއްޖެއް. ކަމަނައަށްޓަކާ ވެސް މަންމަ ވާނެ ކެތްތެރިވާން. މިވަގުތު ނަވަލްއަށް އެންމެންގެ އެހީތެރިކަން ވެސް ބޭނުންވާނެ ". އުމައިރް ބުނެލިއެވެ.

" ނޫރު މަތިން މަންމަ ވަރަށް ހަނދާންވާނެ" ކުލްސޫމްއަށް އަނެއްކާ ވެސް ރޮވުނެވެ. އެ އަތުތެރޭ ނޫރު ނިދާފައި އޮންނަ ގޮތް ސިފަކޮށްލެވުނެވެ. އެ ހިތަށް އެހާ އުނދަގޫކުރުވާ އިރު ނަވަލްގެ ހާލަތާމެދު ކުލްސޫމް ކަންބޮޑުވިއެވެ.

************

ކޮޓަރިއަށް ވަދެވުމާއެކު ނަވަލްއަށް ލޯ މަރާލެވުނެވެ. ފާރުގައި ހަށިގަނޑުގައި ޖައްސާލި ގޮތަށް ފުންކޮށް ދެތިން ނޭވާ ދޫކޮށްލިއެވެ. އެސްފިޔަތަށް ތެމިގެން ދިޔުމާއެކު ކަރުނަ ތިއްކެއް އެ ލޮލުން ވެއްޓުނެވެ. ނަވަލް ލޯ ހުޅުވާލީ ލަސްލަހުންނެވެ. އެ ކޮޓަރީގައި ހިފާފައި ހުރި ނޫރުގެ ވަސް ނަވަލްއަށް އުނދަގޫކުރިވިއެވެ. އެނދުމަތީ ނޫރު ނިންދަވަން ގެންގުޅޭ ފިޔާތޮށި ކުލައިގެ ކުދި ބާލީސްތަކާއި ރަޖާގަނޑު އޮތެވެ. ލަސް ހިނގުމެއްގައި ގޮސް ނަވަލް އިށީނީ އެނދުގައެވެ. އެންމެ ކައިރިއަށް އޮތް ކުޑަ ބާލީސް ނެގުމާއެކު އޭނާއަށް ގިސްލައި ރޮވެން ފެށުނެވެ. ބާލީސް ގެނެސް މޭގައި ޖައްސާލި އިރު ނަވަލްއަށް ނޫރުގެ މޫނު ސިފަކޮށްލެވުނެވެ. އެ ކުޑަ ހަށިގަނޑުގެ ހޫނުކަން އޭނާއަށް އިހްސާސް ކުރެވުނު ފަދައެވެ. އެހެނަސް ދެން އެ ސޫރަ ނުފެންނާނެކަން އެނގުނު ހިނދު މޭގައި ރިހުމެއް އުފެދުނެވެ. ދިރިއުޅުމަށް އައި އެ ހުސްކަން ނުބެއްދޭނެއޭ ނަވަލްއަށް ހީވިއެވެ. ތުއްތު ނޫރުއަކީ އެ ފުރާނައިގެ ދިރުމެވެ.

************************

މަހެއް ފާއިތުވެ ދިޔައީއެވެ. ނޫރު ނެތުމުގެ ފަޅުކަން އިންތިހާއަށް އިހްސާސް ކުރެވުނު ނަމަވެސް ނަވަލް ހިތްވަރުކުރިއެވެ. މީހުން ތެރޭ ނިކުމެ އުޅެން ފެށުމުން އެ ހިތާމަތައް ލުއިވާން ހީވެއެވެ. އެހެނަސް އެކަނިވުމުން ނޫރުގެ ހަނދާންތަކުން އެ ނަފްސު ވަށާލައެވެ.

ނޫރުގެ ކުއްލި ވަކިވުމާއެކު އެ އާއިލާގެ ހުރިހާ ކަމެއް ވެސް ވީ މަޑުޖެހިފައެވެ. އުމައިރް ވެސް ވަޒީފާއިން ޗުއްޓީ ނެގި ގޮތަށް އަދިވެސް ނުނިކުމެއެވެ.

" ކޮން އިރަކު ދޮންބެ މެރީ ކުރަނީ ދެން؟" ނަވަލް އަހާލީ ހެނދުނުގެ ސައިގެ ތެރެއިންނެވެ. އޭނާއާ ހުރެ އުމައިރްގެ ދިރިއުޅުން މަޑުޖެހެން ނަވަލް ނޭދެއެވެ.

" އަދި ފަހުން. ހުރިހާ ކަމެއް ހަމައަކަށް އެޅުނީމަ". އުމައިރް ބުނެލިއެވެ.

" ނޫން. އިތުރަށް ހަމައަކަށް އެޅޭނެ ކަމެއް ނެތް. ނޫރު ދެނެއް އެނބުރި ނާންނާނެ. ދިރިއުޅުން ދާނީ ކުރިއަށް. ފައިތުވެދާ ކޮންމެ ދުވަހަކީ ދިރިއުޅުމުގެ މި ރާސްތާ ނިމުމާ ގާތް ކުރުވާ ދުވަހެއް. ކައިވެނި އިތުރަށް ލަސްކުރަން ނުފެނޭ. ޗުއްޓީ ނިމުމުގެ ކުރިން ޔާޒްއާ ވާހަކަ ދައްކައިގެން ކައިވެނި ކުރަންވީނު". ނަވަލް ބުންޏެވެ. އެ ހިޔާލަށް ކުލްސޫމް ވެސް ތާއިދުކުރިއެވެ.

" ދެން ނަވަލްގެ ކައިވެނި؟" މި ފަހަރު ވާހަކަ ދެއްކީ ދާވޫދްއެވެ. ހުރި ހަމައެކަނި އަންހެންދަރިފުޅުގެ ހަޔާތް އެ ހިސާބުން ނިމޭކަށް ދާވޫދް ނޭދެއެވެ. އެހެނަސް އެއްވެސް ކަމެއްގައި ނަވަލްއަށް މަޖުބޫރު ކުރުވުމުގެ ވިސްނުމެއް ވެސް އޭނާގެ ނެތެވެ.

ދާވޫދްގެ ސުވާލާއެކު ނަވަލް ހިމޭންވިއެވެ. އަރްޔަންއަށް އާނ ބަސް ބުނަންވީ ވަގުތު ޖެހުނީކަމުގައި އެ ހިތް ބުނެލިއެވެ. އިތުރަށް މަޑުކުރުމުގެ ބޭނުމެއް ނެތެވެ. މާޒީއާ މެދު ވިސްނައި ހިތާމަކުރުމުގެ ބޭނުމެއް ނެތެވެ. އަރްޔަންއަކީ ނަވަލްއަށް ހުރިހާ ކަމެއްގައި ވެސް އެހީތެރިވާނޭ ޒުވާނެއްކަން ޔަގީނެވެ.

" އަޅުގަނޑު ވެސް ކައިވެނި ކުރަންވީ. ބައްޕަ އަރްޔަންއާ ވާހަކަ ދައްކާލާ. ކައިވެނީގެ ކުރިން އަރްޔަންއާ ދިމާކުރަން އަޅުގަނޑު ބޭނުމެއް ނޫން. ރަން ކިޔަންވީ ދުވަހަކާ އެއްޗެހި ބައްޕަމެން ބޭނުން ގޮތަކަށް ނިންމާލީމަ ހުންނާނީ ރަނގަޅެއް. ބައްޕައާއި މަންމަގެ ނިންމުމެއް ގޯސް ނުވާނެކަން ޔަގީން". ނަވަލް ބުނެލީ ފަނޑު ހިނިތުންވުމަކާއެކުގައެވެ.

******************

ސަލްމާންގެ ހާލަތު ފުދޭވަރަކަށް ރަނގަޅުވެ ގެޔަށް ބަދަލު ކުރެވުނުތާ އަދި ވީ ހަފްތާއެކެވެ. އަސްރާގެ އެދުމަށް ކުޑަ ދުވަސްކޮޅަކަށް ޔެލިޒް ވެސް ގެއަށް ބަދަލުވާން ނިންމިއެވެ. އަސްރާއަށް ޔެލިޒްއާއި އަރްހަމްގެ ގުޅުމާ މެދު ޝައްކުވާން ފަށައިފިކަން ޔެލިޒްއަށް އެނގުނީ އަސްރާ ކުރާ ސުވާލުތަކުންނެވެ. އެއިން ކޮންމެ ފަހަރަކުވެސް ޔެލިޒް އެކަން ހަމަޖައްސާލައެވެ. އެހެނަސް އުމުރަށް އެގޮތުގައި ނުހުރެވޭނެކަން ޔެލިޒް ދަނެއެވެ. އަރްހަމްއަށް އެ ހިތުގެ ހާލު ބަޔާންކޮށްދޭން ޔެލިޒް ބޭނުމެވެ. އަރްހަމްގެ ހިތުގައި ވެސް ޔެލިޒްއަށްޓަކާ ލޯބި ވާކަން ބުނަން ޔެލިޒްއަށް ޔަގީނެވެ.

******************

ޔާޒްއާއި އަރްޔަންއާ ވާހަކަ ދެއްކުމަށްފަހު ކައިވެނި ކުރަން ހަމަޖެއްސީ އެއް ދުވަހެއްގައެވެ. ރަން ކިޔުން ލަސްކުރަން ތިން ޒުވާނުން ވެސް ބޭނުންނުވިއެވެ. ނަވަލް ހުރީ ދާވޫދްއާއި ކުލްސޫމްގެ އަތް މައްޗަށް ހުރިހާ ކަމެއް ދޫކޮށްލައިގެންނެވެ. އެހެންކަމުން އެ ތާރީހާ މެދު ނަވަލްގެ ޝަކުވާއެއް ނެތެވެ. ނަވަލްއާ ވާހަކަދެއްކުމަށް އަރްޔަން ބޭނުންވި ނަމަވެސް އެގޮތް ނަވަލް ބޭނުން ނުވާކަމުގައި ދާވޫދް ބުނެދިނެވެ. އެހެންކަމުން އަރްޔަން ވެސް އެގޮތާއި ރުހުނީއެވެ.

= ނުނިމޭ =

  1. ފާތު

    ޥަރައް ވަރައް ރީތި މަށަކީ ނަވަލް ނަމަވެސް ކަންތައް

    ކުރާނީ ހަމައެހެން

  2. ދެން އިންނާނީ ފަހުބައި ދޯ