ބޮލީވުޑް މުނިފޫހިފިލުވުން

ޕަތާންއަށްފަހު މިދިޔަ އުނދަގޫ ހަތަރު އަހަރު ހަނދާން ނެތިއްޖެ: ޝާހު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓުގެ ހަތަރު ވަނައިގައި ޝާހު

މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ސިނަމާގައި ދައްކަން ފަށާފައިވާ ފިލްމު "ޕަތާން" އަށްފަހު މިދިޔަ ހަތަރު އަހަރުގެ އުނދަގޫތައް ހިތުން ފިލައިގެން ގޮސްފައިވާކަމަށް އެކްޓަރު ޝާހުރުކް ހާން ބުނެފި އެވެ.

Ads by Sosun Fihaara

"ޕަތާން" އަކީ ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ޝާހު ކުޅުނު ފުރަތަމަ ފިލްމެވެ. އޭގެ ކުރިން ފުލުފުލުގައި ޝާހުގެ ތިން ފިލްމެއް ފްލޮޕުވި އެވެ. އެހާހިސާބުން އޭނާގެ އެކްޓިންގް ކެރިއަރު ނިމުނީކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ އެވެ.

އެހެންނަމަވެސް އޭނާއާއި ދިޕިކާ ޕަދުކޯން އަދި ޖޯން އަބްރަހަމް ލީޑް ރޯލުން ފެނިގެންދާ "ޕަތާން" ވެގެން ގޮސްފައިވަނީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމަށެވެ. އިންޑިއާގެ އިތުރުން ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އެންމެ ބޮޑު ކާމިޔާބީ ހޯދި އެއް ފިލްމުގެ ރެކޯޑު "ޕަތާން" އިން ވަނީ ގާއިމްކޮށްފަ އެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޝާހު ބުނި ގޮތުގައި މިދިޔަ ހަތަރު އަހަރު ދުވަހު ފިލްމީ ދުނިޔެއާއި ދުރުގައި ހުރުން ވެގެން ދިޔައީ ވަރަށް އުނދަގޫ އިހުސާސްތަކެއް ކުރުވި ކަމަކަށެވެ. ގިނަ ބަޔަކު އޭރު ބުނަމުން ދިޔައީ އެކްޓިންގް ކެރިއަރު ނިމިފައިވާކަމަށާއި އެހެންކަމުން އާ ކަމެއް އާމްދަނީ ހޯދަން ކުރަން ފަށަން އިލްތިމާސް ކުރި ކަމަށެވެ.

"އެހެންވެ ވިސްނިން އެހެން ކެރިއަރަކުން ކުރިއަށް ދާންވެސް. މިސާލަކަށް އިޓާލިއަން ޝެފަކަށް ވާން" ސަމާސާ ރާގަކަށް ޝާހު ބުންޏެވެ.

އެހެންނަމަވެސް "ޕަތާން" އަޅުވައިގެން މިދިޔަ ހަތަރު ދުވަހުގެ ތެރޭގައި އެ ހުރިހާ އުނދަގޫތަކެއް ހަނދާން ނެތި އަލުން މަސައްކަތް ކުރުމުގެ ރޫހެއް އުފެދިއްޖެކަމަށް ޝާހު ބުންޏެވެ. އޭނާ ވަނީ ފިލްމަށް އާންމުންގެ ފަރާތުން ލިބެމުންދާ ސަޕޯޓަށް ޝުކުރު އަދާކޮށްފަ އެވެ.

ކާމިޔާބު އެކްޝަން ފިލްމު "ވޯ" ގެ ޑައިރެކްޓަރު ސިއްދާތު އާނަންދު ޑައިރެކްޓު ކޮށްފައިވާ "ޕަތާން" އަކީ ސްޕައި އެކްޝަން ފިލްމެކެވެ. އެ ފިލްމު ރިލީޒް ކުރީ ހިންދީ، ތަމިލް އަދި ތެލެގޫ އިންނެވެ. މިހާތަނަށް އައިއިރު ފިލްމުގެ ބަޖެޓުގެ ދެގުނަ އާމްދަނީއެއް ވަނީ ހޯދައިފަ އެވެ.

މިއަދު ޝާހުގެ ކުރިއަށް އޮތް ފިލްމު "ޖަވާން" ގެ ޝޫޓިންތަކަށް އަނބުރާ ގުޅޭނެ އެވެ. ޝޫޓިންތައް މެދުކަނޑައިލީ "ޕަތާން" ގެ ޕްރޮމޯޝަނަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!