ޚަބަރު ސިޔާސީ

ޕްރައިމަރީގެ ހޫނުގަނޑަށްފަހު، ދެ ރައީސުންގެ ފުރަތަމަ ބައްދަލުވުން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމްޑީޕީގެ ހޫނު ރިޔާސީ ޕްރައިމަރީއަށްފަހުގައި، އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި، އިސް ލީޑަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެއް ތަނަކުން ބައްދަލުވެވަޑައިގެންފިއެވެ.

Ads by MWSC

ދެ ރައީސުން ބައްދަލު ކުރެއްވީ އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، އަރައިރުން ބޮޑު ކެމްޕެއިނަކަށް ފަހުގައި، ކާމިޔާބު ހޯއްދެވީ ރައީސް ޞާލިޙެވެ. ރޭ ދެ ރައީސުން ބައްދަލުވެވަޑައިގަތުމުން ސަލާން ކުރައްވައި، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ހިނިތުންވެލެއްވިއިރު، މި ބައްދަލުކުރެއްވުމުގެ ތެރެއިން، ދެ ބޭފުޅުން ގިނަ ވާހަކަފުޅުތަކެއް ދެއްކެވި ކަމަކަށް ނުބެލެވެއެވެ.

ރޭގެ ރަސްމިއްޔާތުގައި ދަޢުލަތުގެ އެންމެ އިސްވެރިންނާ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއިރު، އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެއް މޭޒުކޮޅެއްގައި ތިއްބެވި މަންޒަރުވެސް ފެނުނެވެ. އެ ދެ ބޭފުޅުންވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދެއްކެވިއެވެ.

ރައީސް ޞާލިޙު އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވީ، އެ ޕާޓީގެ 61 އިންސައްތަ މެމްބަރުންގެ ތާއީދާއެކުގައެވެ. ވާދަވެރި ރައީސް ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތައެވެ.

ކާމިޔާބީއަށްފަހުގައި، ވާދަވެރިކަން ނައްތާލައްވައި، އެކުގައި މަސައްކަތް ކުރުމުގެ ވާހަކަ ރައީސް ދެއްކެވިއިރު، ރަައީސް ނަޝީދު ވިދާޅުވަނީ އެމްޑީޕީގެ އެތެރޭގައި މިހާރު ދެ ފެކްޝަނެއް އެބައޮތް ކަމަށާއި، ދެ ފެކްޝަނެއްގެ ގޮތުގައި ޕާޓީ ހިންގަން ފުރުސަތު ދެވެން ޖެހޭ ކަމަށެވެ. އެ މަނިކުފާނުގެ ވިސްނުންފުޅަކީ "ފިކުރެއްގެ ދިރުން" ފެކްޝަނުން ވެސް ގޮތެއް ނިންމައި، 2023އަށް ކެންޑިޑޭޓަކު ނެރުމެވެ.

Ads by Ooredoo
  1. محمد يوسف

    ރައީސް ނަޝީދަކީ ރައްޖޭގެ ޑިމްކްރިސީގެ ޙައްޤުބާނީ ނަޝީދަށް އެނގިވަޑައިގަންނަވާނެ ނަޝީދު ކިތައްމެ ކުޑަ ކަތިފިޔަވަޅެއް އެޅުއްވިޔަސް ރިޔާސީ އިންތިޚާބު ފެއިލްވާނެކަން އޭގެނާޖައިޒް ފައިދާ އިދިކޮޅުން ނަގާނެކަންވެސް
    ނަޝީދާއި ނުލައި އެމް.ޑީ.ޕީ ފުރިހަމަ ނޭވާއެއްނުލާނެ އެހެންވީމާ ތިޔަ ދެއްކެވި ނަމޫނާއަށް މަރްޙަބާއި ޝުކުރު ދަންނަވަން އުއްމޫދަކީ ޞާލިޙްގެ 2 ދައުރު ނިމުމުން ދެންއަންނާނީ ނަޝީދުގެ ދިހަ އަހަރުކަމަށް