Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަތިވެރިން މީހަކު ގެއްލިގެން ހޯދަނީ

މަތިވެރިން މީހަކު ގެއްލިގެން ހޯދަނީ

އއ. މަތިވެރިން މީހަކު ގެއްލިގެން އޭނާ ހޯދަން މިއަދު ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ގެއްލިގެން ހޯދަމުން ދަނީ އއ. މަތިވެރީ ރިވެލި ހަސަން އަލީ ނަމަކަށް ކިޔާ މީހެކެވެ. އަދި މީނާ ވީނުވީއެއް ނޭނގި ގެއްލިފައިވަނީ އިއްޔެ ކަމަށް މަތިވެރީ ކައުންސިލުން މައުލޫމާތު ދެއްވައެވެ. މަތިވެރި ކައުންސިލުގެ ރައީސް އަހުމަދު އަސްލަމް "ދެން" އަށް ވިދާޅުވީ އޭނާ ހޯދުމުގެ މަސައްކަތް ރަށު ކައުންސިލުން ފަށާފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.

"ފަސްވަރަކަށް ގުރޫޕަށް ބަހާލައިގެން ރަށުތެރެ ހޯދަމުން މިދަނީ އަދި ބޮޑު ފަޅެއްވީމަ ޑްރޯން އަރުވައިގެން ފަޅުތެރޭގެ ބޮޑުބައެއްވެސް ބަލައިފިން އަދި ބަލަމުން މިދަނީ. އެއްވެސް ހަބަރެއްނެތް" އަސްލަމް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އަސްލަމް ވިދާޅުވި ގޮތުގައި މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައިނުވާއިރު އޭނާ ގެއްލުނު ސީދާ އިރެއް ބުނާކަށް ނޭނގޭކަމަށެވެ. އަދި އިއްޔެ ހަވީރު ފެރީއަށް އެއްޗެއް ލާން ދާން އުޅުނުކަމަށް އާއިލާއިން މައުލޫމާތު ދީފައިވާކަމަށާއި އެހެންނަމަވެސް ފެރީއަށް ލާން ތައްޔާރުކޮށްފައި ހުރި އެއްޗެހިވެސް ގޭގައި އެބަހުރި ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް