Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ލުއި ޚަބަރު

ބަނޑުހައިވުމުން ހަތިޔާރު ހިފައިގެން ވައްކަން ކުރަން ދިޔައީ ޗިކަން ނަގެޓްސް ބޭނުންވެގެން

ބަނޑުހައިވުމުން ހަތިޔާރު ހިފައިގެން ވައްކަން ކުރަން ދިޔައީ ޗިކަން ނަގެޓްސް ބޭނުންވެގެން

ރެސްޓޯރެންޓެއްގެ ތެރެއަށް ވަދެ އެތަނުގެ މުވައްޒަފުންނާ ދިމާއަށް ބަޑިއެއް ދިއްކޮށް ޗިކަން ނަގެޓްސް ވަގަށް ނަގާ ވީޑިއޯއެއް މީސްމީޑިއާގައި އާންމު ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިނގިރޭސި ވިލާތުގައެވެ. އެތަނުގެ ރެސްޓޯރެންޓަކަށް 22 އަހަރުގެ ރުޑީ ބަޓެން ނަމަކަށް ކިޔާ މީހާ ވަދެ "ފޭކު ބަޑިއެއް" އެތަނުގެ މުވައްޒަފުންނާ ދިމާއަށް ދިއްކުރެއެވެ. އޭނާ ބަޑި ދިއްކުރުމަށް ފަހު ބުނީ ޗިކަން ނަގެޓްސް ކޮޅެއް ދިނުމަށެވެ.

އޭނާ ޗިކަން ނަގެޓްސް ބޭނުންވި ނަމަވެސް އެތަނުގައި އެ ވަގުތު ސާވް ކުރަނީ ހަމައެކަނި ހެނދުނުގެ ނާސްތާއެވެ. އެހެންކަމުން އޭނާއަށް ލިބުނީ ޑަބަލް ސޮސެޖް އެމްސީ މަފިންއެކެވެ.

Advertisement
Allied Insurance — Square (box)

މި މީހާ އެތަނުން ދިޔައިރު ދިޔައީ ޖުމުލަ 350 ޔޫރޯ ވަގަށް ނަގައިގެންނެވެ. މިކަން ހިނގީ ސުކޫލެއްގެ ކައިރީގައި ކަމުން އެތަނުގެ ބެލެނިވެރިން ވަނީ މިކަން ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ.

https://youtu.be/iNvKaMx2y6U

ފުލުހުންނަށް މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްގެން ގެންގޮސްފައެވެ. އަދި އޭނާއަށް މިހާރު ވަނީ 6 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް